Advertisement

މެލޭޝިއާގެ ހައިވޭއަކަށް ޖެޓެއް ވެއްޓި 10 މީހުން މަރުވެއްޖެ

19 އޮގަސްޓު 2023 - 06:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖެޓު ވެއްޓުނު ސަރަހައްދު. -- ފޮޓޯ: އީޕީއޭ


މެލޭޝިއާގެ ހައިވޭއަކަށް ޖެޓެއް ވެއްޓި 10 މީހުން މަރުވެއްޖެ

19 އޮގަސްޓު 2023 - 06:01 0

ހުކުރު ދުވަހު މެލޭޝިއާގެ ހައިވޭއަކަަށް ޕްރައިވެޓް ޖެޓެއް ވެއްޓި 10 މީހުން މަރުވެއްޖެ އެވެ.

މަރުވީ ޖެޓުގައި ތިބި އަށް މީހުންނާއި ހައިވޭއިން ސައިކަލުގައި ދަތުރު ކުރި ދެ މީހުންނެވެ.

ހައިވޭއަށް ވެއްޓި ކާރަކާއި ސައިކަލެއްގައި ޖެހުމާ އެކު ޖެޓުގައި ރޯވެ ކަޅު ދުން އަރަން ފެށި މަންޒަަރު ވީޑިއޯތަކުން ފެނެ އެވެ.

ޖެޓު ދަތުރު ކުރަމުން ދިޔައީ ރިސޯޓް ހިންގާ ލަންކާވީން ވެރިރަށް ކުއަލަ ލަމްޕޫރުގެ ހުޅަނގުން އޮންނަ ސެލަންގޯރަށެވެ.

އޮފިޝަލުން ބުނީ ބީޗްކްރާފްޓް މޮޑެލް 390 ޖެޓު ވެއްޓުމުގެ ކުރިން އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާ ގުޅުން ކެނޑުނު ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި ސިޔާސީ މީހަކު ވެސް ހިމެނެ އެވެ. އޭނާ ދަތުރު ކުރަމުން ދިޔައީ ޖެޓުގަ އެވެ. އޭގެ އިތުރުން ޕައިލެޓް ޝާހްރުލް ކަމާލް ރޮސްލާން ވެސް މަރުވި އެވެ.

މެލޭޝިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަހުގީގު ފެށުމަށް ފަހު ބުނީ ޖެޓު ދަތުރު ފެށި އިރު މައްސަލައެއް ފާހަގަނުވާ ކަމަށާއި އޭގައި ތިބި ދެ ޕައިލެޓުންނަކީ ވެސް ތަޖުރިބާ ހުރި ދެ މީހުން ކަމަށެވެ.

އޭގެ ކަޅުފޮށި ނުވަތަ ފްލައިޓް ޑޭޓާ ރެކޯޑަރު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބޯޓު ވެއްޓުނު ސީދާ ސަބަބު ހޯދޭނީ އޭގެ އެހީގައި ކަމަށް އޮފިޝަލުން ބުންޏެވެ.