Advertisement

މި އަހަރުގެ ރިޔާސީ ބަހުސް ސެޕްޓެމްބަރު އެކެއްގައި ބާއްވަނީ

18 އޮގަސްޓު 2023 - 15:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން: މި އަހަރުގެ ރިޔާސީ ބަހުސް ސެޕްޓެމްބަރު އެކެއްގައި ބާއްވަނީ -


މި އަހަރުގެ ރިޔާސީ ބަހުސް ސެޕްޓެމްބަރު އެކެއްގައި ބާއްވަނީ

18 އޮގަސްޓު 2023 - 15:02 0

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސް ސެޕްޓެމްބަރު 1، ގައި ބޭއްވުމަށް ނިންމައިފި އެވެ.

ގައުމީ ޔުނިވަސިޓީ އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރިޔާސީ ބަހުސް އިއުލާނު ކުރީ ޕީއެސްއެމުންނެވެ. އެ މީޑިއާއިން ބުނި ގޮތުގައި އިންތިހާބަކާ ދިމާކޮށް ދައުލަތުގެ މީޑިއާއިން ގެނެސްދޭ މި ބަހުސް މިފަހަރު އޮންނާނީ ސެޕްޓެމްބަރު 1، ވަނަ ދުވަހުގެ ރޭ 9:00 ގައި ކަމަށެވެ.

"ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި، ސިޔާސަތުތަކާއި، ކުރިއަށް އޮތް ފަސްއަހަރާއިމެދު އުންމީދުކުރާ ގޮތް ހާމަކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ" ޕީއެސްއެމުން ބުނެފައިވެ އެވެ.

މި އަހަރުގެ ރިޔާސީ ބަހުސަށް ތައްޔާރުވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެެވެ. އެގޮތުން ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓަކު އަދި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެވެ.

ރިޔާސީ ކެންޑިޑޭޓުން

  1. އުމަރު ނަސީރު (އަމިއްލަ)
  2. ހަސަން ޒަމީލް (އަމިއްލަ)
  3. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އެމްޑީޕީ)
  4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)
  5. ގާސިމް އިބްރާހިމް (ޖުމްހުރީ ޕާޓީ)
  6. އަހުމަދު ފާރިސް މައުމޫން (އަމިއްލަ)
  7. އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)
  8. މުހައްމަދު ނާޒިމް (އެމްއެންޕީ)

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 މީހުނަށް ލިބެ އެވެ. ފުރަތަމަ ބުރުގެ ވޯޓު ލުން ސެޕްޓެމްބަރު 9، ގައި އޮންނަ އިރު ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30، ގަ އެވެ.

އިންތިހާބަށް ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން މާލޭގައި ބަހައްޓާނީ ޖުމްލަ 176 ވޯޓްް ފޮށްޓެވެ. އަތޮޅު ތެރޭގައި 319 ފޮށި ހުންނައިރު ރާއްޖެއިން ބޭރުގައި އަށް ފޮށި ބެހެއްޓުމަށް އިސީން ވަނީ ނިންމަވާފައެވެ. އޭގެއިތުރުން 65 ރިސޯޓަކާއި ޖަލުތަކުގައި ފަސް ފޮއްޓަކާއި ހުޅުލޭގައި އެއް ފޮށި ހުންނާނެ ކަމަށް ވެސް އީސީން ބުންޏެވެ.