Advertisement

އިންޑިއާގެ ޕެއާ ބަލިކޮށް ނަބާ އާއި ނަބީ ކުއާޓާ އަށް

18 އޮގަސްޓު 2023 - 09:45 0


އިންޑިއާގެ ޕެއާ ބަލިކޮށް ނަބާ އާއި ނަބީ ކުއާޓާ އަށް

18 އޮގަސްޓު 2023 - 09:45 0

މިހާރު މާލޭގައި ކުރިއަށްދާ މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސްގެ އަންހެން ޑަަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތުގެ ނަބާހާ (ނަބާ) ގެ ޕެއާ ފުރުސަތު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިއަށްދާ މުބާރާތުގެ ދެ ވަނަ ބުރުގައި ނަބާހާ އާއި ނަބީހާގެ ޕެއާ އިއްޔެ ނުކުތީ އިންޑިއާގެ ސްރީ ސައި ސްރާވިއާ އާއި އަނާގާ އަރަވިންދާއާ ދެކޮޅަށެވެ. މި މެޗުން ނަބީހާ އާއި ނަބާހާގެ ޕެއާ މޮޅުވީ 21-19، 21-19 އިންނެވެ. ކުއާޓާ ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއާ މިއަދު ކުޅޭނީ މެލޭޝިއާގެ ހޯ ލޯ އީ އާއި އަމަންޑާގެ ޕެއާއާ އެވެ.

ރާއްޖޭގެ އެއް ވަނަ މިކްސް ޑަބަލްސް ޕެއާ، އަދި ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ރޭންކިންގެ ވެސް ރަނގަޅު ހިސާބެއްގައި އޮތް ޒަޔާން ޒަކީ އާއި ނަބާހާގެ ޕެއާ ވެސް ވަނީ މިކްސް ޑަބަލްސް ބައިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެއީ ފުރަތަމަ ބުރުގައި ޒަޔާން އާއި ނަބާހާ ކުޅެން އޮތް ޖަޕާނުގެ ޕެއާ، ހިރޯކީ ޓަކެއޫޗީ އާއި މަކީ އުޗިޔާމާގެ ޕެއާ މެޗަށް ނައިސް ވޯކްއޯވާ ވުމުންނެވެ.

މި މަހު 15-20 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް ވާދަކުރި ނަމަވެސް ނޮކައުޓްގެ ރަނގަޅު ހިސާބަކަށް ގިނަ އިވެންޓްތަކުގައި ދަތުރުކުރެވިފައިނުވެ އެވެ.