Advertisement

ހުލާސާކޮށް އިއްޔެ: އަމާން މުޖުތަމައު ސިޔާސަތު ތައާރަފުކުރުން

17 އޮގަސްޓު 2023 - 06:24 0

އުކުޅަހުގައި ރޭ ބޭއްވި ޖަލްސާގައި އަމާން މުޖުތަމައު ސިޔާސަތު ނެރުމަށް ފަހު ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހުލާސާކޮށް އިއްޔެ: އަމާން މުޖުތަމައު ސިޔާސަތު ތައާރަފުކުރުން

17 އޮގަސްޓު 2023 - 06:24 0

ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށާއި ކުށުގެ ވެއްޓަށް ފާރަވެރިވެ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރުމަށް އެމްޑީޕީން އެކުލަވާލި "އަމާން މުޖުތަމައު" ސިޔާސަތު ރޭ ތައާރަފުކުރި އެވެ.

މި ސިޔާސަތު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އުކުޅަހުގައިބޭއްވި ކެމްޕެއިން ޖަލްސާގަ އެމަނިކުފާނެވެ.

ކުށުގެ ވެށިން ދުރުކުރުން

  • ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަރ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާނެ
  • ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގާނެ
  • ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދޭނެ.
  • ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިން، މެންޓަރިން އަދި ވޮކޭޝަނަލް ޓްރެއިނިން ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެ.

ކުށުގެ ވެއްޓަށް ފާރަވެރިވުން

  • ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކުރާނެ
  • އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސާވެއިލަންސް ނިޒާމު ގާއިމުކުރާނެ
  • ޑްރަގް ޓްރެފިކިންއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސާވެއިލަންސް އާލާތްތައް ތައާރަފްކުރާނެ
  • ސައިބަ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރާނެ
  • ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރާނެ
  • ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެންނާނެ
  • މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން އެމްޑީޕީން މިހާރު އަރިއަތޮޅަށް ކުރާ ދަތުރުގައި އއ. ބޮޑުފޮޅުދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން "ވައުދުވީ ވައުދު ފުއްދަން" ކަމަށެވެ. އެ ވައުދުތަކުގެ 90 ޕަސެންޓް ވައުދު މިހާރު ހުރީ ފުއްދައި ނިމި ނުވަތަ ނިމުމުގެ މަގުމަތީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއާ އެކީގައި މިިއިން ކޮންމެ ރަށަކަށް ބޮޑު އިންގިލާބެއް އަންނާނެ. އެއީ ލޯކަލް ޓޫރިޒަމް ކަމަށް ވިޔަސް، ވިޔަފާރިކުރަން ކަމަށް ވިޔަސް އަދި ގެދޮރު އަޅަން ކަމަށް ވިޔަސް، އަޅުގަނޑުމެން މިތިބީ އެކަމަށް އެހީތެރިވެދޭން ތައްޔާރަށް،"

ދުވަހުގެ ފޮޓޯ

ރައީސް ސޯލިހަށް އއ. ބޮޑުފޮޅަދޫން މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު