Advertisement

ޑިމޮކްރެޓްސް ދޫކޮށް މެމްބަރު ޔާސިރު އެނބުރި އެމްޑީޕީއަށް

15 އޮގަސްޓު 2023 - 21:37 0

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު


ޑިމޮކްރެޓްސް ދޫކޮށް މެމްބަރު ޔާސިރު އެނބުރި އެމްޑީޕީއަށް

15 އޮގަސްޓު 2023 - 21:37 0

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ދަ ޑިމޮކްރެޓްސް ދޫކޮށް، އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

ޔާސިރު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިކަން އެ ޕާޓީގެ އިސް ބައެއް އޮފިޝަލުން އަދަދު ނޫހަށް ކަށަވަރުކޮށް ދެއްވި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވަނީ މެމްބަރު ޔާސިރުއާ ބައްދަލު ކުރައްވައިފަ އެވެ.

ޔާސިރު އެމްޑީޕީއާ ގުޅިވަޑައި މިގަތީ، ދަ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ އޭނާ ދުރުގައި އުޅުއްވާތާ ގިނަ ދުވަސްވަތަކެއް ވުމަށް ފަހު އެވެ. ނަމަވެސް އޭނާ ދަ ޑިމޮކްރެޓްސް ދޫކޮށްލެވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވި ދުވަހު، އެ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއެކު މެމްބަރު ޔާސިރު (ކ). -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ޔާސިރު އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމަށްޓަކައި، އެމްޑީޕީން ފުރަތަމަ ވަކިވެވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު، އެ މަނިކުފާނަށް ތާއިދު ކުރެއްވި މަޖިލިސް މެމްބަރުން މޭ މަހު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދާކަން އިއުލާނު ކުރެއްވި އެވެ. އެކަން އިއުލާނު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު އެމްޑީޕީން ވަކިކުރަން އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާ އެކުގަ އެވެ.

ޕްރައިމަރީ އަށް ފަހު ނަޝީދު އާއި އެ މަނިކުފާނުގެ ސަޕޯޓަރުން ހަރަކާތްތެރިވަމުން ގެންދެވީ، ޕްރައިމަރީގައި ބޭނުންކުރެއްވި ޝިޔާރު، "ފިކުރެއްގެ ދިރުން" ނަމުގަ އެވެ.

ދަ ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން އެމްޑީޕީ ސިފަ ކުރެއްވީ ބިރު ދެއްކުމާއި ކޮރަޕްޝަނާއި ފަސާދަ އަދި ނަފުރަތުގެ ނެޓްވޯކެއްގެ ގޮތުގަ އެވެ.