ޔުާމިނުގެ ނޯޓް: "އިންތިހާބު ބޮއިކޮޓްކުރަންވީ ވާދަ ނުކުރެވުން ބޭއިންސާފު ކަމަށް ދެކޭ ނަމަ"

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގެންނެވުމަށް ޓަކައި ކަރެކްޝަނަލް ސާވިސްގެ ވެހިކަލަކުން ފައިބާވަޑައިގަންނަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގެންނެވުމަށް ޓަކައި ކަރެކްޝަނަލް ސާވިސްގެ ވެހިކަލަކުން ފައިބާވަޑައިގަންނަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ރަނގަޅު ކަަމަށް ސުޕްރީމް ކޯޓުން ނިންމި ދުވަހު ޕީޕީއެމްގެ ސެނެޓް ހޫނުވީ ޔާމީން ފޮނުއްވި ނޯޓަށް އަމަލުކުރާނެ ގޮތަކާ މެދުގަ އެވެ.

އެނޯޓާ މެދު ގޮތެއް ނިންމި ފަހުން، ނޯޓުގެ ސައްހަކަމާ މެދު ޕީޕީއެމްގެ ބައެއް ލީޑަރުން ސުވާލު އުފެއްދެވި އެވެ. މައްސަލަ ބޮޑުވި އެ ނޯޓް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމު ވެފަ އެވެ. އޭގައި މާބޮޑު އާ ވާހަކައެއް ނެތަސް، ފާހަގަ ކޮށްލެވޭ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. އެއީ ރިޔާސީ އިންތިހާބު ބޮއިކޮޓްކުރަން ޔާމީނު އެދިވަޑައިގެންނެވި ސަބަބެވެ.

"...ދެ ޕާޓީގެ ލީޑާސް، (ޕީޕީއެމް/ޕީއެންސީ) ގެ ލީޑާސް އަށާއި ދެޕާޓީގެ ސެނެޓަށް، އަޅުގަނޑު އިންތިހާބުން ބާކީކުރި ކަމަށް ގަބޫލުކުރެއްވޭ ނަމަ އަޅުގަނޑު ސަޖެސްޓްކުރަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިފަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓްކޮށް، މިކަން ހުރިހާ ފަރާތްތަކެއްގެ ސަމާލުކަމަށް ވަރުގަދައަށް ގެނައުމަށެވެ،" އިންތިހާބު ބޮއިކޮޓްކުރަންވީ ސަބަބު ބަޔާން ކުރައްވަމުން، ނޯޓުގައި ޔާމީނު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ ނޯޓް ލިއުއްވީ ޚުދު ޔާމީނުގެ އަތްޕުޅަކުން ނޫނެވެ. އެކަަމަކު އެމަނިކުފާނު ވިދާޅުވި ގޮތަށް، އަކުރުން އަކުރަށް އެ ނޯޓް ލިއުއްވީ އެމަނިކުފާނުގެ ވަކީލުންގެ ތެރެއިން ވަކީލެކެވެ.

ޔާމީނުގެ ނޯޓުގައި އޮތް އަޅައިގަންނަ އަނެއް ކަމަކީ އިންތިހާބު ބޮއިކޮޓްކުރަން އެދިވަޑައިގެންނެވި ބައި، އެއް ފަހަރު ކަނޑާލެއްވުމަށް ފަހު އަލުން ލިޔުއްވާފައި އޮތުމެވެ. އެހެން އެކަންވީ ނޯޓް ލިއުއްވި ވަކީލަށް އެރި އޮޅުމަކުން ކަމެއް ނުވަތަ ވާހަކަފުޅު ބަދަލުކުރައްވަން އުޅުއްވާފައި އަނެއްކާ ވެސް ކުރިން ވިދާޅުވި ގޮތަށް ލިޔުއްވަން ޔާމީނު އެދިވަޑައިގެންނެވުމުން ކަމެއް ސާފެއް ނުވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުން އިންސާފުވެރި ކަމަށް ގަބޫލުނުކުރެއްވި

ނޯޓުގައި ޔާމީނު ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށް އީސީން ނިންމި ނިންމުމާއި އެ ނިންމުން ރަނގަޅުކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމަކީ އިންސާފެއް ނޫނެވެ. އެއީ އެމަނިކުފާނު ސިފަކުރައްވާފައިވާ ގޮތުގައި ސަރުކާރުން ރާވައިގެން، އިދާރީ ގޮތުން އުފެއްދި ހާލަތެކެވެ.

"އަދި އެކަމުގެ ސަބަބުން، އަޅުގަނޑަށް ވޯޓުދޭން ތިބި އެތައް ހާސް ރައްޔިތުންގެ ވޯޓުދިނުމުގެ ހައްގު ސަރުކާރުން ގެއްލުވައިލީ އެވެ،" ޔާމީނު ވިދާޅުވި ކަމަށް ނޯޓުގައި ލިޔެފައި އޮތެވެ.

ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމި ނިންމުން ސައްހަ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު, ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރުން ކޯޓުން ބޭރަށް ނުކުންނެވީ މޮޅިވެރިކަމާ އެކު އެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކާ މާގިނަ ވާހަކަތަކެއް ނުދައްކަވަ އެވެ. އެކި އަރިއަރިން ދިއްކޮށްފައި ހުރި މައިކުތަކާއި ކެމެރާތަކުގެ ކުރިމައްޗަށް ހުއްޓިވަޑައިގަންނަވޭނެ ހިތްވަރެއް އެ ބޭފުޅުންނަށް އެ ވަގުތު ލިބިވަޑައެއް ނުގެންނެވި އެވެ.

"މިވަގުތު މީޑިއާތަކަށް އެއްވެސް ވާހަކައެއް ބުނާކަށް ނެތިން، ފަހުން މީޑިއާތަކަށް މައުލޫމާތު ދޭނަން،" އިދިކޮޅު ކޯލިޝަންގެ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ، ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އެ ދުވަހު ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށްފަހު އެބޭފުޅުން ވަކީން ކޮންމެެވެސް ވަރެއްގެ މަޝްވަރާތަކެއް ކުރެއްވި މަންޒަރު ފެނުނެވެ. އެހެނަސް އެއްވެސް މައުލޫމާތެއް މީޑިއާތަކަށް ހިއްސާ ނުކުރައްވައި އެތަނުން ވަޑައިގެންނެވީ އެވެ.

ޔާމީނުގެ ނޯޓެއް ކަމަށް ބުނާ ނޯޓެއް އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވީ ހައްދަވާނެ ގޮތެއް އެ ބޭފުޅުންނަށް ނުނިންމެވިގެން އުޅުއްވަނިކޮށެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދަނީ އެ ނޯޓެވެ. އެއީ ސައްހަ ނޯޓެކެވެ.

އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވުން އެއީ އިދާރީ ގޮތުން އުފެއްދި ހާލަތެއް ކަމަށް ފާހަގަ ކުރެއްވި ނަމަވެސް، ސުޕްރީމް ކޯޓުން ވެސް ބުނެފައި ވަނީ އީސީގެ ނިންމުން ރަނގަޅު ކަމަށެވެ. އޭގެ ތަރުޖަމާއަކީ ތަންފީޒުކުރަމުންދާ 11 އަހަރުގެ ޖަލު ހުކުމް ޔާމީންގެ މައްޗަށް އޮތްހާ ހިނދަކު އޭނާ އަށް ވާދަ ނުކުރެއްވޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox