Advertisement

ހުލާސާކޮށް އިއްޔެ: ސަރުކާރުގެ ސަބްމެރިން ކޭބަލް އެއްގަން ކުރުން

12 އޮގަސްޓު 2023 - 06:13 0

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ކޭބަލް އެއްގަންކޮށްފައިވާ ސަރަހައްދުގައި. މި ކޭބަލް ގުޅާލާނީ އޯޝަން ކަނެކްޓްގެ ލޭންޑިން ސައިޓާ --- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: ސަރުކާރުގެ ސަބްމެރިން ކޭބަލް އެއްގަން ކުރުން

12 އޮގަސްޓު 2023 - 06:13 0

އިންޓަނެޓު އަގު ހެޔޮ ކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން އިންވެސްޓުކޮށްގެން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ސައިޓާ އިއްޔެ ގުޅުވާލި އެވެ.

އައިއޭއެކްސްއަކީ އިންޑިއާގެ ޖިއޯ ޓެލެކޮމް ކުންފުނިން ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އެންމެ ޒަމާނީ ގިންތީގެ ސަބްމެރީން ކޭބަލް ވިއުގައެކެވެ.

އޯސީއެމް-އައިއޭއެކްސް ކޭބަލްގެ ނަމުން ނަން ދެވިފައިވާ ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތް ކުރީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާއި އިންޑިއާގެ ޓެލެކޮމް ކުންފުނި ޖިއޯ ޓެލެކޮމް ގުޅިގެންނެވެ. ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޭބަލް ގުޅާލުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސަރުކާރުގެ ޑިޖިޓަލް ރާއްޖޭގެ ސިޔާސަތުގެ ދަށުން ދައުލަތުން އިންވެސްޓުކޮށްގެން އެޅި މި ކޭބަލްއަކީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމާއި ސްޕީޑު ހަލުވި ކުރުމާ އެކު، ޑޭޓާ އެކްސްޕޯޓު ފަދަ ވިޔަފާރިތަކަށް ހުޅުވާލުމުގެ މަގުސަދުގައި އެޅި ކޭބަލްއެކެވެ. ސަރުކާރުން ބުނަނީ މި ކޭބަލްގެ ސަބަބުން މުސްތަގުބަލުގައި ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވަން ކެމްޕޭނު ކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން ހުކުރު ދުވަހުގެ ރޭ އެރަށުގައި ބޭއްވި ޖަލްސާގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު ވިދާޅުވީ ޕީޕީއެމް ކަރަންޓީނު ވެފައިވާ ކަމަށް ކުރިން ބުނުމުން ފާޑުކިޔުން އަމާޒުވި ކަމަށެވެ.

އަޅުގަނޑު މިއަދު ބުނާނީ ޕީޕީއެމް އެއޮތީ ޕެރަލައިޒްވެފައޭ. ހުރިހާ ސިޔާސީ ވެރިންގެ އުއްމީދުތައް ކަފުންކޮށް ޕާޓީގެ އާންމު މެމްބަރުންގެ އުއްމީދުތައް [އެވަނީ] މުޅިން ވަޅުޖެހި ގޮސްފައި. އަޅުގަނޑު އެކަމާ ވަރަށް ބޮޑަށް ހިތާމަކުރަން،"

ދުވަހުގެ ފޮޓޯ

ސަބްމެރިން ކޭބަލް ހުޅުމާލެއާ ގުޅާލަނީ. -- ފޮޓޯ: ރައީސް އޮފީސް