Advertisement

އެލައިޑުގެ ހިދުމަތްތަކުގެ މައުލޫމާތާއި ލަކީ ޑްރޯއެއް ލިވިން އެކްސްޕޯގައި

10 އޮގަސްޓު 2023 - 14:54 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެލައިޑްގެ އޮފީސް


އެލައިޑުގެ ހިދުމަތްތަކުގެ މައުލޫމާތާއި ލަކީ ޑްރޯއެއް ލިވިން އެކްސްޕޯގައި

10 އޮގަސްޓު 2023 - 14:54 0

މި އަހަރުގެ ލިވިން އެކްސްޕޯގައި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިން ފޯރުކޮށްދޭ "ހިޔާވަހި ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން" ޕްލޭންތަކުގެ އިތުރުން އެލައިޑުގެ ހުރިހާ ހިދުމަތަކާއި ބެހޭ މައުލޫމާތު ލިބޭނެ ކަމަށް އެލައިޑުން ބުނެފި އެވެ.

"ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން" ޕްލޭންތަކާއިއެކު ގޭގައި ހުންނަ ފަރުނީޗަރުން ފެށިގެން ހިފާގެންގުޅޭ އަގުބޮޑު ސާމާނު ވައްކަމާއި އަލިފާން ރޯވުން ފަދަ ކާރިސާތަކުން ސަލާމަތްކޮށް އިންޝުއާ ކުރެވޭނެ އެވެ.

މި ޕްލޭންތައް ވެބްސައިޓުން ނެގޭނެ އެވެ.

މި އަހަރުގެ ލިވިން އެކްސްޕޯ ފެށީ މިއަދު 15:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކު ގައެވެ.

އޮގަސްޓް 10، އިން ފެށިގެން 12 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ލިވިން އެކްސްޕޯ އޮންނާނެ އެވެ.

އެލައިޑުގެ ސްޓޯލްތައް ހުންނާނީ މި އެކްސްޕޯގެ 23 އަދި 24 ވަނަ ސްޓޯލްގަ އެވެ.

ލިވިން އެކްސްޕޯއަށް ޒިޔާރަތްކޮށް އެލައިޑުގެ މޯބައިލް އެޕް ޑައުންލޯޑު ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ލަކީ ޑްރޯއެއް އޮންނާނެ ކަމަށް އެލައިޑުން މައުލޫމާތުދެ އެވެ. އެގޮތުން ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް އެލައިޑުގެ ފަރާތުން އަލިފާން ނިވިއެއް ނުވަތަ އަލިފާނުގެ ހާދިސާގައި ބޭނުންކުރެވޭނެ ރަޖަލެއް ހަދިޔާކުރަނެ އެވެ.