Advertisement

ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ބޭނުންވާ ބިން ހިިއްކުން އެމްޓީސީސީ އަށް

10 އޮގަސްޓު 2023 - 14:26 0

އަމަން ހަލީމް

އަމަން ހަލީމް

ކައްދޫ އެއާޕޯޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި އަސްކަރިއްޔާގެ ބޭފުޅުން: ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަކީ ރައީސް ސޯލިހުގެ ވައުދެއް -- ފޮޓޯ/ރައީސް އޮފީސް


ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ބޭނުންވާ ބިން ހިިއްކުން އެމްޓީސީސީ އަށް

10 އޮގަސްޓު 2023 - 14:26 0

ލ. ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރަން ބޭނުންވާ ބިން ހިއްކުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ބިން ހިއްކުމާއި ހިއްކާ ސަރަހައްދު ހިމާޔަތްކުރަން ބޮޑު ހިލަ ޖެހުން (ޝޯ ޕްރޮޓެކްޝަން) ހިމެނޭ ގޮތަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 389.7 މިލިއަން ރުފިޔާއަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން އެއާޕޯޓަށް ބޭނުންވާ 56.83 ހެކްޓަރުގެ ބިން ހިއްކާ، 4.4 ކިލޯމީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓު ޖަހާނެ އެވެ. މި މަސައްކަތަށް އެމްޓީސީސީއަށް ދީފައި ވަނީ، ބިން ހިއްކަން 300 ދުވަސް އަދި ބޮޑު ހިލަ ޖެހުމަށް 600 ދުވަހެވެ.

މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި މަޝްރޫއުއާ އެކު ބައިނަލްއަގްވާމީ ފްލައިޓުތައް ޖެއްސޭ ވަރުގެ ރަންވޭއެއް އަޅާނެ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ބިން ހިއްކާ ނިމުމުން ސަރުކާރުން ވިސްނާފައި ވަނީ ކަައްދޫ އެއާޕޯޓުގެ ރަންވޭ 2.4 ކިލޯމީޓަރަށް ބޮޑުކޮށް، އިންޓަނޭޝަނަލް ފަސިންޖަރު ޓާމިނަލަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރާށެވެ.

ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.

އެގޮތުން މި އަހަރުގެ ކުރީކޮޅު، ކްރޮސް ސަބްސިޑީ އުސޫލުން ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރުމަށް ފައިނޭންސް ހޯދަން ވަނީ ހުޅުވާލާފަ އެވެ. މި މަޝްރޫއަށް ފައިނޭންސް ކުރަން ޖެހޭ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޑޮމެސްޓިކް އެއާޕޯޓު ކަމުގައިވާ ކައްދޫ އެއާޕޯޓު އޮންނަނީ ސައްތައިންސައްތަ ސަރުކާރުން ހިއްސާވާ ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑުގެ ދަށުގަ އެވެ. މި ކުންފުނީގައި އެމްއެންޑީއެފްގެ ފަރާތްތައް ހިމެނޭއިރު، 2014 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މި އެއާޕޯޓު އަސްކަރީ އެއާޕޯޓަކަށް ބަދަލުކޮށްފަ އެވެ.