Advertisement

ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވުމުން، މާލޭ ސްވިމިން ޓްރެކް ބަންދުކޮށްފި

10 އޮގަސްޓު 2023 - 11:22 2

މާލޭ ސްވިމިން ޓްރެކަށް ކުއްޖަކު ފުންމާލަނީ. ނަޖިހުގެ އަަސަރު ހުރުމުން ޓްރެކް މިއަދު ވަނީ ބަންދުކޮށްފައި. ފައިލްފޮޓޯ/އަދަދު


ލޮނުގަނޑުގައި ނަޖިހުގެ އަސަރު އިތުރުވުމުން، މާލޭ ސްވިމިން ޓްރެކް ބަންދުކޮށްފި

10 އޮގަސްޓު 2023 - 11:22 2

މާލޭ ސްވިމިން ޓްރެކް ސަރަހައްދުގެ މޫދުގައި ނަޖިހުގެ އަސަރު އިތުރުވެފައިވާ ކަމަށް ޓެސްޓްތަކުން ދެއްކުމުން އެ ސަރަހައްދަށް މޫދަށް އެރުން މަނާކޮށްފި އެވެ.

ސްވިމިން އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓްރެކް ސަރަހައްދަން މޫދަށް އެރުން މަނާކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ގޮތަށް ލަފާދިނުމުން ކަމަށެވެ.

އެ ސަރަހައްދަށް މޫދަށް އެރުމުގެ ހުއްދަ އަލުން ދޭނީ އެ ބަޔާނުގައި ބުނި ގޮތުގައި، ގަވައިދުން ލޮނުގަނޑު ޓެސްޓްކޮށް، ރައްކާތެރިކަމުގެ ޔަގީންކަން ލިބުމުންނެވެ.

"...މޫސުމީ ބަދަލުތަކާ އެކު މާލޭ ސްވިމިން ޓްރެކްގެ ލޮނުގަނޑު ގައި ނަޖިހުގެ އަސަރު އިތުރުވެފައިވާ ކަމަށް ، ސްވިމިން ޓްރެކް ސަރަހައްދުން ލޮނު ނަގައި، އެންމެ ފަހުން ހެދި ޓެސްޓްތަކުގެ ނަތީޖާއިން ދައްކާތީ މިވަގުތު އެ ސަރަހަައްދަށް މޫދަށް އެރި އުޅުމަކީ ރައްކާތެރި ނޫންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގަވާފައި ވާތީ މިވަގުތުން ފެށިގެން ސްވިމިން ޓްރެކަށް މޫދަށް އެރި އުޅުން މަނާކުރެވިފައިވާ ވާހަކަ ދަންނަވަމެވެ،" ސްވިމިން އެސޯސިއޭޝަނުގެ ބަޔާނުގައި ބުންޏެވެ.

މާލޭގެ ދެކުނު ފަރާތުގައި އޮންނަ ސްވިމިން ޓްރެކަކީ ގިނަ އަދަދެއްގެ ދަރިވަރުން މޫދަށް އެރޭ ތަނެކެވެ. ފަތަން ދަސްކުރުމާއި ފެތުމުގެ މުބާރާތްތަކަށް ޕްރެކްޓިސް ކުރުން ފަދަ އެތައް ހަރަކާތަކާއި އެކު އެެއީ ވަރަށް ކާރޫ ބާރޫ ބޮޑު ސަރަހައްދެކެވެ.