Advertisement

އައިއޯއައިޖީ އަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ވޮލީ ޓީމުތަށް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ

9 އޮގަސްޓު 2023 - 18:44 0

2021 ވަނަ އަހަރު ސްރީ ލަންކާއާ ރާއްޖެ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އައިއޯއައިޖީ އަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ވޮލީ ޓީމުތަށް ލަންކާއާ ދެކޮޅަށް މެޗުތަކެއް ކުޅެނީ

9 އޮގަސްޓު 2023 - 18:44 0

މި މަހު 25 އިން އަންނަ މަހު ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުން މާލޭގައި ސްރީ ލަންކާގެ ގައުމީ ޓީމާ މެޗުތަކެއް ކުޅެން ތާވަލުކޮށްފި އެވެ.

އައިއޯއައިޖީ އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމުން ވަނީ ދާދި ފަހުން ތައިލެންޑްގެ ބެންކޮކްގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ.

ތައިލެންޑް ކޭމްޕްގައި ވެސް މެޗުތަކެއް ކުޅެފައިވާއިރު، މި މަހު މާލޭގައި ސްރީ ލަންކާއާ ދެކޮޅަށް އަންހެން ޓީމު ތިން މެޗު އަދި ފިރިހެން ޓީމުން ވެސް ތިން މެޗު ކުޅެން ވަނީ ތާވަލުކޮށްފަ އެވެ.


އެ ގޮތުން، މެޗުތައް ކުޅެން ތާވަލުކޮށްފައިވާ ތާރީހުތަކަށް ބަލާއިރު، އަންހެން ޓީމުގެ މެޗުތައް އޮންނާނީ 12 ވަނަ ދުވަހު ހަވީރާއި 13 ވަނަ ދުވަހު ރޭގަނޑާއި 15 ވަނަ ދުވަހު ރޭގަނޑެވެ. ފިރިހެން ޓީމުގެ މެޗުތައް ކުޅޭނީ 12 ވަނަ ދުވަހު ރޭގަނޑާއި 14 ވަނަ ދުވަހު ރޭގަނޑާއި 16 ވަނަ ދުވަހު ރޭގަނޑު އެވެ.

މީގެ ކުރިން ވެސް ދެ ފަަހަރެއްގެ މަތިން ލަންކާ ޓީމު ވަނީ މާލެ އައިސް ރާއްޖޭގެ ފިރިހެން ޓީމާ އެކު މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން، 2019 ވަނަ އަަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިންނާއި 2021 ވަނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ކުރިން ލަންކާ ޓީމުން ވަނީ މާލޭގައި މެޗުތަކެއް ކުޅެފަ އެވެ.

ގައުމީ ވޮލީ ޓީމު މި ވަގުތު ތަމްރީންތައް ކުރިއަށްގެންދަމުން އަންނަނީ މުހައްމަދު ސާޖިދު (ކާއްޓޭ)ގެ ކޯޗުކަމުގަ އެވެ. އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ހުރީ ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް އެވެ.