Advertisement

ގްރީން ސްޓްރީޓްސް ހާޒިރުނުވާތީ ޓީސީ އަށް މެޗު ލިބިއްޖެ

8 އޮގަސްޓު 2023 - 23:15 0

ލީގުގެ މެޗެއްގެ ތެރެއިން ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-----


ގްރީން ސްޓްރީޓްސް ހާޒިރުނުވާތީ ޓީސީ އަށް މެޗު ލިބިއްޖެ

8 އޮގަސްޓު 2023 - 23:15 0

މާލެ ސަރަހައްދުގައި ފެތުރިފައިވާ ރޯގާ ޖެހިގެން ކްލަބް ގްރީން ސްޓްރީޓްސްގެ ގިނަ ކުޅުންތެރިންތަކަށް ނުކުޅެވި، މެޗަށް ޓީމު ހަމަނުވާތީ، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އިން ކުޅެން އޮތް މެޗު ޓީސީ ސްޕޯޓްސް ކްލަބަށް ލިބިއްޖެ އެވެ.

މިއީ މި ފަހުން، ރޯގާގެ އަސަރުކޮށްގެން، ޓީމު ހަމަނުވާތީ ޓީމަކުން މެޗު ދޫކޮށްލަން ޖެހުނު ދެ ވަނަ ފަހަރެވެ. އެ ގޮތުން، މިދިޔަ މަހު 29 ވަނަ ދުވަހު ވެލެންސިއާ ޓީމަށް ވެސް ރޯގާގެ އަސަރުކޮށް، ޓީމު ހަމަނުވާތީ، އެ ދުވަހު ކުޅެން އޮތް މެޗު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ ލިބިފަ އެވެ.

އެފްއޭއެމް އިން ބުނީ މިރޭގެ މެޗު ފަށާ ގަނޑިއަށް ގްރީން ސްޓްރީޓްސް ޓީމު ހަމަވެފައިނުވާތީވެ، މުބާރާތުގެ ކޮމިޓީން ނިންމާފައިވަނީ މެޗު ޓީސީ އަށް ލިބިފައިވާ ކަމަށެވެ.

މިރޭގެ މެޗަށް، ގްރީން ސްޓްރީޓްސް އަށް ޓީމު ހަމަކުރުމުގައި ދަތިތަކެއް ދިމާވީ ރޯގާގެ އަސަރު ޓީމަށްކޮށް، ކުޅުންތެރިން ބަލިވެ އުޅޭތީ ކަމަށް އެ ޓީމުން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ. އެކަމަކު، މެޗު ފެށެން ކުޑަތަން ވެފައި ވަނިކޮށް އެ އެންގުން އައި ކަމުގައި ވިޔަސް ގަވާއިދަށް ބެލުމަށް ފަހު، މެޗު ޓީސީ އަށް ލިބުނީ ކަމަށް އެފްއޭއެމުން ނިންމީ އެެެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، ޓީސީ ވަނީ ލީގު ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެެވެ. އެއީ އަށް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ހަތަރު ވަނައިގައި އޮތް ޓީސީ ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.