Advertisement

ޖޭޕީގައި މަޑުކުރީ ގާސިމް ރައީސާ ގުޅޭނެކަމުގެ އުއްމީދުގައި: މައުސޫމް

7 އޮގަސްޓު 2023 - 15:39 2

ނިމާ ހަސަން

ނ

Advertisement

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް; އޭނާ ވަނީ މިއަދު ޖޭޕީން ވަކިވެވަޑައިގެންފައި -- މިރާޝް / އަދަދު


ޖޭޕީގައި މަޑުކުރީ ގާސިމް ރައީސާ ގުޅޭނެކަމުގެ އުއްމީދުގައި: މައުސޫމް

7 އޮގަސްޓު 2023 - 15:39 2

Advertisement

Advertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރެއްވިއަސް, ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިނުގެން ނުދެެއްވައި މަޑުކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް, ރައީސް ސޯލިހުގެ ކޯލިޝަނާ ގުޅިވަޑައިގެންފާނެ ކަމުގެ އުއްމީދުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އަންނަން 2018 ގައި ހެދި ކޯލިޝަނާ އެކު ކުރިއަށް ނުގޮސް, މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީ ވަކިން ވާދަކުރަން ގޮވާލައި ގަރާރެއް އެޕާޓީން ފާސްކުރީ މިދިޔަ ފެބްރުއަރީމަހު ބޭއްވި ގައުމީ ޖަލްސާގަ އެވެ. އޭގެ ފަހުން އެޕާޓީގެ ކައުންސިލުން އެ ނިންމުމަށް ބާރުދިނީ މާޗްމަހު އެވެ. އެ ނިންމުމާ އެކު ޖޭޕީގެ ކެންޑިޑޭޓު ކަނޑައަޅަން ޕްރައިމަރީއަކަށް ވެސް ހުޅުވައިލި އެވެ. ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވާނީ ރައީސް ސޯލިހަށް ކަން މައުސޫމު ހާމަކުރެއްވީ އޭރު އެވެ.

Advertisement

އޭރު ޖޭޕީން ވަކިން ވާދަކުރަން ނިންމުމުން, ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިބި ޖޭޕީގެ ބައެއް މެންބަރުން އެ ޕާޓީން ވަކިވި އެވެ. އެހެން ނަމަވެސް މައުސޫމު އެ ޕާޓީގައި ދެމިހުންނެވި އެވެ.

ޖޭޕީން ވަކިވުމަށްފަހު މައުސޫމު މިއަދު 'އަދަދު' އަށް ވިދާޅުވީ, ޖޭޕީ ވަކިން ވާދަ ކުރަން ނިންމުމުން ވެސް, ޕާޓީގައި ދެމިހުންނެވީ އެ ޕާޓީން ރައީސް ސޯލިހާ ގުޅޭނެ ކަމަށް އޭރު އުއްމީދު ކުރެއްވޭތީ ކަމަށެވެ.

"އަޅުގަނޑު އިބޫއަށް ތާއިދުކޮށްފިން ވަރަށް ކުރިން. ދެން އަޅުގަނޑު އުއްމީދު ކުރިން ޖޭޕީން ވެސް އިބޫއާ ޖޮއިން ކުރާނެ ކަމަށް. އެ މަސައްކަތްތަކެއް ވެސް ކުރި, ވަރަށް ފަހުން ވެސް ބައްދަލުވުމެއް ބޭއްވި." މައުސޫމް ވިދާޅުވި އެވެ.

Advertisement

އެ އުއްމީދުގައި ޖޭޕީގައި މަޑުކުރެއްވުމަށްފަހު ޑރ. މައުސޫމް މިއަދު ޖޭޕީން ވަކިވީ, ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ކެންޑިޑެސީ ފޯމު އީސީއަށް ހުށަހެޅުމުންނެވެ.

"މިހާރު އަޅުގަނޑު އިބޫ އާ އެއްކޮށް ފުލްކޮށް ދާއިރު ޖޭޕީގެ މެންބާޝިޕު އޮތުން ނުވާނެ ރަނގަޅު ކަމަކަށް." ކުރިން ހުރި ވަރަށްވުރެ އިތުރަށް ދެން ރައީސް ސޯލިހާއެކު މަސައްކަތް ކުރައްވާނެ ކަން ހާމަކުރައްވަމުން މައުސޫމް ވިދާޅުވި އެވެ.

އެންމެ ފަހުން ޑރ. މައުސޫމް ޖޭޕީން ވަކިވެވަޑައިގެންފި

2014 ވަނަ އަހަރުން ފެށިގެން ޖުމްހޫރީ ޕާޓީގައި ހުންނެވި ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިއަދެވެ. އެކަން އިއުލާނު ކުރައްވާ އޭނާ ވަނީ 2014ގައި ޖޭޕީއަށް ވަނުމަށް ފުރުއްވި ފޯމުގެ ފޮޓޯއެއް އާންމު ކުރައްވާ, ޖޭޕީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައި.

އެންމެ ފަހުން ޑރ. މައުސޫމް ޖޭޕީން ވަކިވެވަޑައިގެންފި

2014 ވަނަ އަހަރުން ފެށިގެން ޖުމްހޫރީ ޕާޓީގައި ހުންނެވި ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިއަދެވެ. އެކަން އިއުލާނު ކުރައްވާ އޭނާ ވަނީ 2014ގައި ޖޭޕީއަށް ވަނުމަށް ފުރުއްވި ފޯމުގެ ފޮޓޯއެއް އާންމު ކުރައްވާ, ޖޭޕީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފައި.

ޖުމްހޫރީ ޕާޓީއާ 2014 ވަނަ އަހަރު ގުޅިވަޑައިގެންނެވީއްސުރެ އެޕާޓީގައި ހުންނެވުމަށް ފަހު ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިއަދު އެވެ. ޖޭޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވަން ކުރެއްވި ޓްވީޓުގައި އޭނާ ހިއްސާކުރެއްވީ 2014 ގައި ޖޭޕީއާ ގުޅިވަޑައިގަންނަވަން ސޮއިކުރެއްވި އިރުގެ ފޮޓޯ އެކެވެ. އެއާ އެކު އެޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވި އެވެ.

Advertisement

20.00%

40.00%

20.00%

20.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަލްމާސް

over 1 year ago

ވަޒީފާއާއި ލާރިފަހަތުން ދުވާ ބައެއް

ހުސޭނުބެ

over 1 year ago

އަނެއް ޑޮކްޓަރ ހަދަނީ ކިހިނެތް ހެއްޔެވެ؟ ހަމަ ފިޝަރީޒްގައި ބަގުޑި ބައްދައިގެން ދެފެންދޭތެރޭ އެބަހުއްޓެވެ. އަރާ ކޮންމެވެސް ކޮޅަކަށް އެރުމަކީ އެންމެ ރިވެތިގޮތެވެ.