Advertisement

ސައުދީގެ އޮފާއާ މެދު ސަލާހު ނުވިސްނާ

7 އޮގަސްޓު 2023 - 18:12 0


ސައުދީގެ އޮފާއާ މެދު ސަލާހު ނުވިސްނާ

7 އޮގަސްޓު 2023 - 18:12 0

ރިޔާދު (އޮގަސްޓް 7) - ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް-އިއްތިހާދު އިން ލިވަޕޫލްގެ މުހައްމަދު ސަލާހު އަށް ހުށަހަޅާފައިވާ އޮފާއާ މެދު އޭނާ ނުވިސްނާ ކަމަށް ސަލާހުގެ އެޖެންޓް، ރެމީ އައްބާސް ބުނެފި އެވެ.

މި ފަހަރުގެ ޓްރާންސްފާގައި ކަރިމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭ އަދި ފަބީނިއޯގެ ސޮއި ހޯދި އަލް އިއްތިހާދުން ވަނީ ސަލާހު ގަންނަން 80 މިލިއަން ޑޮލަރު ހުށަހަޅަން ނިންމައިފަ އެވެ. އަދި ސަލާހު އަށް ސީޒަނެއްގައި މުސާރައިގެ ގޮތުގައި 80 މިލިއަން ޑޮލަރު ދޭ ގޮތަށް ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ދޭން ވެސް އެ ޓީމުން ތައްޔާރަށް އޮތް ކަމަށް ސައުދީގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެ އަށް އިޝާރާތްކޮށް، ރެމީ އައްބާސް ބުނީ ސަލާހު މިދިޔަ އަހަރު ލިވަޕޫލާ އެކު ކޮންޓްރެކްޓެއްގައި ސޮއިކުރަން ނިންމީ މި ސީޒަނުގައި އެ ޓީމު ދޫކޮށްލަން ނޫން ކަމަށެވެ.

"މި ވަގުތު ސަލާހުގެ ވިސްނުން ހުރީ ލިވަޕޫލަށް،" އައްބާސް ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ސަލާހު ވަނީ ލިވަޕޫލާ އެކު އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. ރޯމާ ދޫކޮށް، 40 މިލިއަން ޑޮލަރަށް 2017 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވެ، ސަލާހު އަންނަނީ ވެސް ކޮންމެ ސީޒަނެއްގައި ރަނގަޅު ފޯމެއް ދަމަހައްޓައި، މުހިންމު ގޯލުތަކެއް ޖަހައި، ލިވަޕޫލްގެ ގިނަ ރެކޯޑްތަކެއް މުގުރަމުންނެވެ.