Advertisement

ފޮއްތެޔޮ ފަޅު ދޫކުރުން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން

7 އޮގަސްޓު 2023 - 14:09 0

އަމަން ހަލީމް

އަމަން ހަލީމް

ޮފޮއްތެޔޮ ފަޅު: ވ. އަތޮޅު ކައުންސިލުން ވަނީ މި ފަޅު ކުއްޔަށް ދޭން ރުހުން ނެތް ކަމަށް ބުނެފައި -- ފޮޓޯ/ގޫގުލް އާތު


ފޮއްތެޔޮ ފަޅު ދޫކުރުން ހުއްޓުވަން ކޯޓުން އަމުރެއް ނުދިން

7 އޮގަސްޓު 2023 - 14:09 0

ކްރޮސް ސަބްސިޑީގެ ގޮތުގައި ފޮއްތެޔޮ ފަޅު (ދިއްގަރު ފަޅު) ކުއްޔަށް ދިނުން ހުއްޓުވަން ވ. އަތޮޅު ކައުންސިލުން އެދުނު ވަގުތީ އަމުރު ނެރެން އަމުރުކުރާނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ވ. އަތޮޅު ކައުންސިލުން މި މައްސަލަ ކޯޓަށް ހުށަހެޅީ ފޮއްތެޔޮ ފަޅު ވިއްކަނީ އެ ކައުންސިލުގެ ރުހުން ނެތި ކަމަށް ބުނެ އެވެ. ކައުންސިލުން ކޯޓުގައި އެދުނީ މި ފަޅު ކުއްޔަށް ދެވޭނީ އެ ކައުންސިލުން ވަކި ގޮތެއް ނިންމާ، އެ ނިންމުމާ އެއް ގޮތަށް ކަމަށް ކަނޑައަޅައިދީ، ޓޫރިޒަމް މިނިސްޓްރީގެ ގައިރު ހާޒިރުގައި އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް ކޯޓުން ވަނީ ގައިރު ހާޒިރުގައި އަމުރެއް ނެރެން ޖެހޭ ފަދަ ހާލަތެއް ދެއްކިފައި ނުވާ ކަމަށް ފެންނާތީ ވަގުތީ އަމުރު ނުދޭން ނިންމާފަ އެވެ.

ސަރުކާރުން މި ފަޅު ކުއްޔަށް ދޫކުރަނީ އެއާޕޯޓުތައް ތަރައްގީކުރަން ކްރޮސް ސަބްސިޑީގެ ގޮތުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފަޅަށް އިންވެސްޓުކުރަނީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގާ އަމަން ރިސޯޓްސް އިންނެވެ. އެކަމަކު މިހާތަނަށް ރަސްމީ އެއްވެސް މަސްދަރަކުން މި މައުލޫމާތު ކަށަވަރެއް ނުކޮށްދެ އެވެ.

ވ. އަތޮޅު ކައުންސިލުގެ އިތުރުން އިދިކޮޅުން ވަނީ، ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުމާ ދެކޮޅު ހަދާފަ އެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ފަނޑުކުރަން ސަރުކާރުން ހިންގާ ޖަރީމާއެކެވެ. ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.