Advertisement

އެންމެ ހިތާމަވެރި ވަގުތުގައި ވެސް ފުއާދު މަސައްކަތުގައި!

7 އޮގަސްޓު 2023 - 10:09 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


އެންމެ ހިތާމަވެރި ވަގުތުގައި ވެސް ފުއާދު މަސައްކަތުގައި!

7 އޮގަސްޓު 2023 - 10:09 1

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހެޅުއްވުން، ރިޔާސީ އިންތިހާބުގެ މައިމަރުކަޒު، ދަރުބާރުގޭގައި މީގެ ކުޑައިރުކޮޅެއް ކުރިން އޮތެވެ. އެކަން ކުރިއަށް ގެންދިޔައީ ކުޑަކުޑަ ރަސްމިއްޔާތެއްގެ ގޮތުގަ އެވެ. ލަފާ ކުރެވުނު ގޮތާ ހިލާފަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން އެ ފޯމާ ހަވާލުވެވަޑަައިގެންނެވީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.

ލަފާ ކުރެވުނު ގޮތާ ހިލާފަށޭ މި ބުނީ ފުއާދަށް މިއަދު ލިބިވަޑައިގެން ހުންނެވި ބޮޑު ހިތާމައާ އެކު މިއަދު ރަސްމީ މަސައްކަތަށް ނުކުމެވަަޑައިނުގަންނަވާނެ ކަމަށް ހީކުރެވުނީމަ އެވެ. އެކަމަކު މިއަދު ޔަގީން މިކުރެވުނީ ފުއާދަކީ އެއަށް ވުރެ މާ ހިތްވަރު ގަދަ ބޭފުޅެއް ކަމެވެ.

ދަރިކަލުން އަހުމަދު ފުއާފު، 47، އާލާސްކަންފުޅާ އުޅުއްވާތީ މީގެ ދުވަސްކޮޅެއް ކުރިން ފުއާދު ވަޑައިގެން އަވަށްޓެރި އިންޑިއާގައި އެތައް ދުވަހެއް ވަންދެން އެތަނުގައި ހުންނެވި އެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު އިންޑިއާގެ ޓްރިވެންޑްރަމްގަ އެވެ.

އާންމުކޮށް ފެންނަ މަންޒަރަކީ އެފަދަ ބޮޑު ހިތާމައެއް ކުރިމަތިވާ ހާލަތުގައި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެވަގުތަށް އުޒުރުވެރިވުމެވެ. އެހެން ނަމަވެސް ފުއާދު މިއަދު ދެއްކެވީ އޭގެ އިދިކޮޅެވެ. އޭނާއަށް ކުރިމަތިވެފައިވާ ހާލަތު ނޭނގޭ މީހަކަށް ނަމަ ފެންނާނެ މަންޒަރަކީ ހަމަ އާދައިގެ ދުވަހެއްގައި އޭނާ ރަސްމީ މަސައްކަތުގައި އުޅުއްވާ މަންޒަވެ.

ހިތާމައިގެ ބޮޑުކަން ފުއާދުގެ މޫނުމަތިން ވެސް ފާހަގަވެ އެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ގޮންޖެހުން ބޮޑު އިންތިހާބުތައް ބޭއްވުނުއިރުވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ހުންނެވީ ފުއާދެވެ. އޭނާ އޭރު ދެއްކެވި ހިތްވަރާއި ސާބިތުކަމާއި މަސައްކަތުގެ ނަޒާހަތްތެރިކަމަށް އާންމު ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުންވެސް އަބަދުވެސް ތައުރީފު ކުރެ އެވެ.

މީގެ 15 ވަރަކަށް ދުވަސް ކުރިން، ފުއާދުގެ އަނބިކަނބަލުންގެ ބައްޕަ ވެސް ވަނީ ނިޔާވެފަ އެވެ. އޭނާ ދިރިއުޅުއްވަމުންގެންދެވީ ފުއާދާއި އަނބިކަނބަލުންނާއެކު އެއް ގެއެއްގަ އެވެ.