Advertisement

މުޅި ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ، މައްސަލަ ހައްލުވާނެ ވަގުތެއް ނޭނގޭ

31 ޖުލައި 2023 - 17:05 0

ފުވައްމުލައް

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފުވައްމުލަކު ބަނދަރު. -- ފޮޓޯ: އަދަދު


މުޅި ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ، މައްސަލަ ހައްލުވާނެ ވަގުތެއް ނޭނގޭ

31 ޖުލައި 2023 - 17:05 0

ފުވައްމުލައް

މުޅި ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ފެނަކަ ފުވައްމުލަކު ބްރާންޗުގެ އޮފިޝަލަކު މި ނޫހަށް ވިދާޅުވީ މުޅި ރަށުން ކަރަންޓު ދިޔައީ، ކަރަންޓު ޝޯޓެއްވެ ސިސްޓަމް އަމިއްލަ އަށް ޝަޓްޑައުން ވުމުން ކަމަށެވެ. އިރު އޮއްސެން ގާތްވެފައިވާއިރު، ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ނަމަވެސް އެކަމަށް ނަގާނެ ވަގުތެއް އަދި ބުނާކަށް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 8000 މީހުން ދިރިއުޅޭ މި ރަށުން ކަރަންޓު ކެނޑުނީ 13:30 ހާއިރު އެވެ.

މި ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބިމުގެ އަޑީގައި ވަޅުލާފައިވާ ކޭބަލަށް ގެއްލުން ލިބި ކަރަންޓު ކެނޑިފައިވެ އެވެ.

ފެނަކައިގެ އޮފިޝަލް ވިދާޅުވީ މަގު ކޮނުމުގެ ތެރޭގައި ކޭބަލަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ޝޯޓުވެ، ހުރިހާ އިންޖީނުތަކެއް އޮޓޯއިން ނިއްވާލާ ކަމަށެވެ.

"އެހެންވެ، ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ އެ ޝޯޓުވި ސަރަހައްދު ހޯދުން. އެ ސަރަހައްދު ހޯދުމުން މައްސަލަ ހައްލުކޮށް ކަރަންޓު ދިނުން ލަހެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކަކީ ކޮބާ؟

ރާއްޖޭގެ އިދާރީ ހިންގުމުގެ ބޭނުމަށްޓަކައި އަތޮޅެކޭ ކިޔަސް، ޏ އަތޮޅަކީ އަތޮޅެއްގެ ސިފަ ލިބިގެންވާ އަތޮޅެއް ނޫނެވެ. އެއީ މާކަނޑުގެ މެދުގައި އޮތް މާސިންގާ ޖަރީޒާއެކެވެ.

މިރަށުގެ ބޮޑުމިނަކީ 491.7 ހެކްޓަރެވެ. މިއީ ރާއްޖޭގެ ބައެއް އަތޮޅުތަކުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ބޮޑުމިނަށްވުރެ ވެސް ބޮޑު ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އާރު-1 އެވެ. އިހަށް އިދާރީ ގޮތުން ފުވައްމުލައް ބެހިފައި އޮތީ ނުވަ އަވަށަކަށެވެ. އެއީ ދަޑިމަގު، ހޯދަޑު، މާދަޑު، ދަށޮކުބާ، މިސްކިތްމަގު، ދޫނޑިގަން އަދި ފުނާޑު އެވެ. މީގެތެރެއިން ދަށޮކުބާ، މިސްކިތްމަގަށް އިތުރުކޮށް އެ އަވަށް ވަނީ އުވާލާފަ އެވެ.

މިރަށް ސިޓީއަކަށް ބަދަލުކުރެއްވީ 2017 ވަނަ އަހަރު އެވެ. ގުދުރަތީ މުއްސަނދި ވަސީލަތްތަކެއް ލިބިފައިވާ މި ސިޓީއަކީ އާސާރީ ގޮތުންވެސް މުހިންމު ބިނާތަކެއް ހިމެނޭ ސިޓީއެކެވެ. މި ސިޓީގައި ހުންނަ ކެނޑޭރި މިސްކިތުގެ ހަރިންމަ ތެރޭގައި ވަރަށް ގިނަ ދުވަސްވީ ހަތަރެސްކަން ވެވެއް އޮވެ އެވެ. އަދި ރަށުގެ ފުރަތަމަ އަންހެން ވާރުވެރިޔާ (އެ ޒަމާނުގައި އަތޮޅުވެރިޔާ)، ދޮންސިއްތީބުގެ މަހާނަ ކަމަށް ބުނެވޭ މަހާނައެއް މި މިސްކިތުގެ ގަބުރުސްތާނުގައި ހުރެ އެވެ.

މި ރަށުގެ އާބާދީ 13،000 އެރިޔަސް ދިރިއުޅޭ އާބާދީއަކީ ގާތްގަނޑަކަށް 8،000 އެވެ.