Advertisement

ރައީސް ވައުދުވީ ހިމާޔަތްކޮށްފައިވާ ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން

31 ޖުލައި 2023 - 14:50 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް ސޯލިހް; ފުނަދޫ ފަޅުގައި އޮތް ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއު ހިންގަން ވައުދުވެ ވަޑައިގެންނެވި -- ފޮޓޯ: ޝާބިން/ އަދަދު


ރައީސް ވައުދުވީ ހިމާޔަތްކޮށްފައިވާ ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން

31 ޖުލައި 2023 - 14:50 0

ށ. ފުނަދޫ ފަޅުގައި ހިމާޔަތް ކޮށްފައިވާ ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ފުނަދުއަށް ވަޑައިގެން ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން އެރަށަށް ކޮށްދޭން ނިންމާފައިވާ ކަންކަން ލިސްޓު ކުރައްވާފަ އެވެ.

"މި ރަށުގެ ފަޅުގައި އޮތް ފަރުކޮޅު, މިރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް, އެތަނުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގާނަން" އޮކްޓޯބަރު 7, 2018 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރުކޮޅާ ބެހޭގޮތުން ރައީސް ވިދާޅުވި އެވެ.

ފަރުކޮޅު ހިމާޔަތްކޮށްފައިވީ ނަމަވެސް, އެރަށް އެކަށީގެންވާ ގޮތަށް ބެލެހެއްޓެމުންނެއް ނުދެ އެވެ. އެރަށުން ވެލި ނެގުމާއި ގަސް ކެނޑުން ފަދަ ކަންކަން ކުރާތީ އެކި ފަހަރު މަތިން މައްސަލަ އީޕީއޭއަށް ވެސް ވަނީ ހުށަހަޅާފަ އެވެ.

2018 ވަނަ އަހަރު ސަރުކާރުން ފަރުކޮޅު ހިމާޔަތް ކުރީ ކުޅުދުއްފުށީގެ މަށި ކުޅި ހިއްކުމުގެ ބަދަލެއްގެ ގޮތުގަ އެވެ.

ފަރުކޮޅުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރައީސް ވައުދުވެވަޑައިގެންނެވިއިރު, އަންނަ ދައުރުގައި ފުނަދޫގައި އިތުރު ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި އެވެ.

ފުނަދޫ ފެނުގެ ނިޒާމު ނިމުމާއެކު އެރަށުގެ ނުހެދި ހުރި މަގުތައް ހެދުމާއި, ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ފްލެޓް ނުވަތަ ރޯ ހައުސް އެޅުމާއި, ހެޔޮ އަގުގައި އައިސް ލިބޭނެ އައިސްޕްލާންޓެއް ބެހެއްޓުމާއި, ސްކޫލަށް ބޭނުންވާ ކްލާސްރޫމްތައް އިތުރުކޮށް ދިނުން އަދި 50 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމަކީ ފުނަދޫ ވައުދު ލިސްޓުގައި ހިމެނޭ ކަންކަމެވެ.