Advertisement

އެކްސްގެ ޔޫޒަރުންގެ އަދަދު މައްޗަށް، ތްރެޑްސް ދަށަށް

31 ޖުލައި 2023 - 09:27 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

މަސްކް ހަވާލުވި ޕްލްޓްފޯމާއި ވާދައަށް ނެރުނު ޒަކަބާގްގެ ތްރެޑްސް އަށް ފުރަތަމަ ވަރަށް ބޮޑު ތަރުހީބެއް ލިބުނު


އެކްސްގެ ޔޫޒަރުންގެ އަދަދު މައްޗަށް، ތްރެޑްސް ދަށަށް

31 ޖުލައި 2023 - 09:27 0

މަސްކްގެ "އެކްސް" ނުވަތަ ޓްވިޓާ މަހެއްގެ މައްޗަށް ބޭނުންކުރާ މީހުންގެ އަދަދު ދުވަހަކު ނާރާހާ މައްޗަށް ހިނގައްޖެ އެވެ. އަދި އެ ޕްލެޓްފޯމާއި ވާދައަށް މެޓާގެ ސީއީއޯ މާކް ޒަކާބާގް ހެދި "ތްރެޑްސް" މަހެއްގެ މައްޗަށް ބޭނުންކުރާ މީހުންގެ އަދަދު އެތައް ގުނައެއް ދަށަށް ގޮއްސި އެވެ.

މަސްކް ހަވާލުވި ޕްލްޓްފޯމާއި ވާދައަށް ނެރުނު ޒަކަބާގްގެ ތްރެޑްސް އަށް ފުރަތަމަ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އެގޮތުން ފަސް ދުވަސް ތެރޭ 100 މިލިއަމް ޔޫޒަރުން ހަމަކޮށް އެ ޕްލެޓްފޯމުން ވަނީ އައު ރިކޯޑެއް ހަދައިފަ އެވެ.

ނަމަވެސް ފަހުގެ ރިޕޯޓްތައް ދައްކާގޮތުން ތްރެޑްސް އަށް ކުއްލިއަކަށް ލިބުނު މި "ހައިޕް" މިހާރުވަނީ ގެއްލިފަ އެވެ. އެގޮތުން 100 މިލިއަން ޔޫޒަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ޔޫޒަރުން ތްރެޑްސް ބޭނުންކުރުން ހުއްޓާލާފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ތްރެޑްސް، ފޭސްބުކް އަދި އިންސްޓަގްރާމްގެ، މައި ކުންފުނި މެޓާގެ އެތެރޭގެ ބައްދަލުވުމެއްގައި ސީއީއޯ ޒަކަބާގް ވަނީ ގެއްލެމުންދާ ޔޫޒަރުންގެ އަދަދަށް އަލިއަޅުވާލާފަ އެވެ. ނަމަވެސް އެއީ "ނޯމަލް" ކަމެއް ކަމަށާއި ޕްލެޓްފޯމަށް ތައާރަފުވަމުންދާ އައު ފީޗާތަކާ އެކު ޔޫޒަރުންގެ އަދަދު މައްޗަށް ދާނެ ކަމަށް ޒަކަބާގް ބުނެފައިވެ އެވެ.

ތްރެޑްސްގެ ފަހުގެ ބައެއް އަޕްޑޭޓްތަކަށް ބަލާލާއިރު "ފޮލޯވިން" އަދި "ފޯ ޔޫ" ފީޑް ވަކިކުރުން ހިމެނެ އެވެ. އަދި އެކި ބަސްބަހުން ލިޔެފައިވާ ޕޯސްޓްތައް ތަރުޖަމާ ކުރުމުގެ ފީޗާއެއްވެސް ވަނީ އިތުރުކޮށްފަ އެވެ.

ތްރެޑްސް އަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެލޮން މަސްކްގެ ލީޑަޝިޕްގެ ދަށުން ހިންގާ އެކްސް، ކުރީގެ ޓްވިޓާއަށް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައެވެ. އެގޮތުން މަހަކު 540 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން މިހާރު އެކްސް ބޭނުންކުރާ ކަމަށް މަސްކްވަނީ އިއުލާންކޮށްފަ އެވެ.

މަސްކް ކޮޮށްފައިވާ ޓްވީޓް


މަސްކް ޓްވިޓާ ގަތުމަށްފަހު، ނަމާއެކީ ގިނަ ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ޕެއިޑް ސާވިސްއެއްގެ ގޮތުގައި ވެރިފައިޑް ބްލޫ ޓިކް ތައާރަފްކުރުމާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ސަބްސްކްރިޕޝަން މެދުވެރިކޮށް އާމްދަނީ ހޯދުމުގެ އިންތިޒާމުތައް ވެސް ހިމެނެ އެވެ.