Advertisement

ވިހި އަހަރަށް ފަހު ސިންގަޕޫރުގައި އަންހެނަކަށް މަރުގެ ހުކުމް

29 ޖުލައި 2023 - 05:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަރުގެ ހުކުމާ ދެކޮޅަށް އަޑުއުފުލަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ވިހި އަހަރަށް ފަހު ސިންގަޕޫރުގައި އަންހެނަކަށް މަރުގެ ހުކުމް

29 ޖުލައި 2023 - 05:30 0

ވިހި އަހަރަށް ފަހު ސިންގަޕޫރުގައި އަންހެނެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

އުމުރުން 45 އަހަރުގެ ސަރިދޭވީ ދްޖަމަނީގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވީ 2018 ގަ އެވެ. މަރުގެ ހުކުމް ތަންފީޒު ކުރީ ހުކުރު ދުވަހު އެވެ.

އޭނާގެ މައްޗަށް ސާބިތުވީ 30 ގްރާމްގެ ހެރޮއިން ޓްރެފިކްކުރި ކަމަށެވެ. ސަރިދޭވީއަކީ މި ހަފުތާގައި ސިންގަޕޫރުގައި މަރުގެ ހުކުމް ތަންފީޒު ކުރި ދެ ވަނަ މީހާ އެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި މުހައްމަދު އަޒީޒް ބިން ހުސެއިންގެ މައްޗަށް ވެސް ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ހަރުކަށި ގާނޫނުތައް ތަންފީޒު ކުރާ އެއް ގައުމަކީ ސިންގަޕޫރެވެ. އެއީ މުޖުތަމައުގެ ސަލާމަތަށްޓަކައި މަޖުބޫރު ފިޔަވަޅުތަކެއް ކަމަށް ސިންގަޕޫރުން ބުނެ އެވެ.

ގާނޫނުގައިވާ ގޮތުން 15 ގްރާމަށް ވުރެ ގިނަ ހެރޮއިން އަދި 500 ގްރާމަށް ވުރެ ގިނަ ކެނެބިސް ޓްރެފިކްކޮށްފި ނަމަ މަރުގެ ހުކުމެއް އަންނާނެ އެވެ.

ސަރިދޭވީގެ މައްޗަށް ހުކުމް ތަންފީޒު ކުރި އިރު، މަރުގެ ހުކުމް އިއްވާފައިވާ އިތުރު އަންހެނަކު ވެސް ސިންގަޕޫރުގައި ބަންދުކޮށްފައި އެބަ ހުއްޓެވެ. އެ ގައުމުގައި އެންމެ ފަހުން އަންހެނެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ 2004 ގަ އެވެ.