Advertisement

ޔޫއޭއީއިން ހަނޑޫ އެކްސްޕޯޓް ކުރުން ހަތަރު މަހަށް މަނާކޮށްފި

29 ޖުލައި 2023 - 06:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާއިން ވެސް ވަނީ ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށްފައި.


ޔޫއޭއީއިން ހަނޑޫ އެކްސްޕޯޓް ކުރުން ހަތަރު މަހަށް މަނާކޮށްފި

29 ޖުލައި 2023 - 06:48 0

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުރިއަށް އޮތް ހަތަރު މަހަށް ހަނޑޫ އެކްސްޕޯޓް ކުރުން މަނާކޮށްފި އެވެ.

ޔޫއޭއީއިން ބުނީ ހުރިހާ ބާވަތެއްގެ ހަނޑޫ އެކްސްޕޯޓް ކުރުން މަނާވާނެ ކަމަށެވެ. އޭގެ އިތުރުން އެ ގައުމަށް އިމްޕޯޓް ކުރުމަށް ފަހު އެކްސްޕޯޓް ކުރުން ނުވަތަ "ރީއެކްސްޕޯޓް" ކުރުން ވެސް މަނާވާނެ އެވެ.

އެ މުއްދަތުގައި އެކްސްޕޯޓް ކުރަން ބޭނުންވާ ކުންފުނިތަކުން ވަކި ހާއްސަ ހުއްދައެއް ހޯދަން ޖެހޭނެ އެވެ.

މިދިޔަ ހަފުތާގައި އިންޑިއާއިން ވެސް ވަނީ ހަނޑުލުގެ ބައެއް ބާވަތްތައް އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ. އެގޮތަށް ނިންމީ ބޯކޮށް ވާރޭވެހި ދަނޑުތަކަށް ގެއްލުން ލިބި އަގުތައް އުފުލެން ފެށުމުންނެވެ.

ޔޫއޭއީގެ ނޫސްތަކުން ބުނީ އެ ގައުމުގައި ވަގުތީ ގޮތުން ހަނޑުލުގެ އަގުތައް އުފުލެން ފަށާނެ ކަމަށް ބެލެވޭ ކަމަށެވެ.

ދުނިޔޭގައި އުފައްދާ ހަނޑުލުގެ 40 ޕަސެންޓު އެކްސްޕޯޓް ކުރަނީ އިންޑިއާއިންނެވެ.