Advertisement

އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓު ބާތިލްކުރަން އަންގައިފި

28 ޖުލައި 2023 - 00:21 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު : މިނިސްޓަރު ވަނީ އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓު ބާތިލުކުރަން އަންގަވާފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓު ބާތިލްކުރަން އަންގައިފި

28 ޖުލައި 2023 - 00:21 1

މިދިޔަ އަންގާރަދުވަހު އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓުގައި ހަރަކާތްތެރި ޖަމްއިއްޔާތަށްވެސް އެބަހުރި ކަމަށް ވިދާޅުވެ، އެ ލިސްޓު ބާތިލްކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އަންގަވައިފި އެވެ.

ޔޫތު މިނިސްޓްރީން ކުރި މި އިއުލާނުގައި ހަރަކާތްތެރި ނުވުމާއި، ވިދިވިދިގެން ދެ އަހަރުގެ އަހަރީ ރިޕޯޓު ހުށަހަޅާފައިނުވުން އަދި ޖަމިއްޔާގެ ހިންގާ ކޮމިޓީ ރަޖިސްޓްރީކޮށްފައިނުވާތީ ކަމަށް ބުނެ ޖުމްލަ 1،989 ޖަމިއްޔާއެއް އުވާލަން ލިސްޓުކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ލިސްޓާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

"އޭގެތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ.. އަދި ހަރަކާތްތެރިކޮށްފެންނަ ބައެއް ޖަމުޢިއްޔާތައްވެސް އެބަހިމެނޭ.. މިކަންކަން ބަލާ ރަނގަޅުކުރުމަށް ވާނީ ރިކުއެސްޓުކޮށްފަ." މިނިސްޓަރު ލިޔުއްވާފައިވެ އެވެ.

މިހާރު ބާތިލްކުރަން އަންގާފައިވާ އިއުލާނުގައި އޮތް ލިސްޓަށް ޝަކުވާ ހުށަހެޅުން އަންނަ ސެޕްޓެމްބަރު 24 އާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަނާޅާ ޖަމިއްޔާތައް އުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ލިސްޓުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ، މައުމޫން ފައުންޑޭޝަނާއި ގައުމީ ވޮލީބޯޅަ އެސޯސިއޭޝަންވެސް ހިމެނެ އެވެ.