Advertisement

އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އައްބާސް ފާއިޒް

27 ޖުލައި 2023 - 14:46 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އައްބާސް ފާއިޒް ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގައި ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އައްބާސް ފާއިޒް

27 ޖުލައި 2023 - 14:46 0

ރާއްޖެއަށް އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގައި ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖެއް ހިއްސާ ކުރައްވަމުން، އެމްނެސްޓީ އިންޓާނޭޝަނަލްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

އައްބާސް ފާއިޒަކީ އޭރު އެމްނެސްޓީ އިންޓާނޭޝަނަލް އިން ރާއްޖޭގެ ކަންކަން ބެލުމުގެ ޒިންމާ ހަވާލުކޮށްފައި ހުންނެވި ބޭފުޅާ އެވެ. ފާއިޒަކީ، މެއި 6، 2021 ގައި ނަޝީދު އަވަހާރަކޮށްލަން އުޅުނު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ހަމަޖައްސާފައިވާ މަންދޫބެވެ.

އެމްނެސްޓީއިން އޭރު ބެލި ހާއްސަ ކަންކަމުގެ ތެރޭގައި ނުހައްގުން މީހުން ޖަލަށްލުމާއި އަދި ހާއްސަކޮށް ބަންދުގައި ތިބި މީހުންނަށް ދެމުން ދިޔަ އަނިޔާ އަދި މަރު ވެސް ހިމެނެ އެވެ. މިގޮތުން ކުރީގެ ސަރުކާރުތަކުގެ އިންސާނީ ހައްގުތަކާއި ހިލާފު ކަންކަން އައްބާސް ދިޔައީ ރިޕޯޓް ކުރައްވަމުންނެވެ.

މީގެ ތެރޭގައި ކުރީގެ ރައީސް ނަޝީދު ޖަލަށްލުމުގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަޝްރަހު ގުޑުވާލި މަރްހޫމް ހުސެއިން ސޮލާހްގެ މަރުގެ ކަންތައް ވެސް ހިމެނެ އެވެ. އެ ސަރުކާރުން ހަގީގަތް ހާމަ ނުކުރަން އުޅުނުކަމުގައި ވީ ނަމަވެސް، އެމްނެސްޓީ އިން ވަނީ އެ މައުލޫމާތުތައް ރިޕޯޓްކޮށްފަ އެވެ.