Advertisement

ފަލަސްތީނާއެކު އޮތް ގާތް ގުޅުން ދެމި އޮންނާނެ: މިނިސްޓަރު

25 ޖުލައި 2023 - 23:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ، ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީދު އަބޫ އަލީ އާ ބައްދަލުކުރައްވަނީ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ފަލަސްތީނާއެކު އޮތް ގާތް ގުޅުން ދެމި އޮންނާނެ: މިނިސްޓަރު

25 ޖުލައި 2023 - 23:12 0

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ، ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަލީދު އަބޫ އަލީ އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒާހިރު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ދެކެނީ ފަލަސްތީނަކީ ވަރަށް ގާތް ގައުމެއްގެ ގޮތުގައި ކަމަށާއި އެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ. ފަލަސްތީނުން މިނިވަން ކަމަށް ކުރާ ދަތުރުގައި ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ދެ ގައުމުގެ ބަދަހި ގުޅުމެއް ދެމި އޮތް ކަމަށް ސަފީރު ވެސް ފާހަގަ ކުރެއްވެވި އެވެ. އަދި ފަލަސްތީނުން މިނިވަންކަމަށް ކުރާ ދަތުރުގައި ރާއްޖެއިން ދޭ އެއްބާރުލުން ދޭތީ އެ ކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެއަކީ އަަބަދުވެސް ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންދެކެ ލޯބިވާ ރައްޔިތެއް އުޅޭ ގައުއުމެއްކަން ފާހަގަ ކުރައްވައި ހާއްސަކޮށް ރާއްޖޭގެ ޒުވާނުން ފަލަސްތީނަށް ކުރާ ތާއީދަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން ސަފީރު ވިދާޅުވި އެވެ.

ދީނީ އިލްމުވެރިންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވަނީ އެކަމުގައި އެހީތެރިކަން ދެވިދާނެ ދާއިރާތަކާގުޅޭ ގޮތުން ސަފީރުއާއެކު މަޝްވަރާ ކުރައްވާފަ އެވެ.

ރާއްޖެ އާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ އޭޕްރިލް 4، 1982 ގަ އެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ވަނީ ފަލަސްތީނަށް ނޮން-ރެޒިޑެންޓް ސަފީރެއް ކަނޑައަޅާ، ފުރަތަމަ ފަހަަރަށް އެ ގައުމުގެ ރައީސަކަށް ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފަ އެވެ.