Advertisement

އިލެކްޝަންސްގެ ކޮމިޝަނުގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

25 ޖުލައި 2023 - 09:33 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އިލެކްޝަންސް ކޮމިޝަންސް ގެ މެންބަރުން : އެ ކޮމިޝަންގެ އީސީގެ މެންބަރު ނަޝާތުގެ ދައުރު ހަމަވެ، ގާނޫނުން ލާޒިމްކުރާ އަދަދު ގެއްލިއްޖެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިލެކްޝަންސްގެ ކޮމިޝަނުގެ މެމްބަރު ނަޝާތުގެ ދައުރު ހަމަވެއްޖެ

25 ޖުލައި 2023 - 09:33 1

ރިޔާސީ އިންތިހާބަށް 47 ދުވަހަށް ވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު އަލީ ނަޝާތުގެ ދައުރު މިއަދު ހަމަވެއްޖެ އެވެ.

ނަޝާތު އެ މަގާމަށް އައްޔަނުކުރީ ޖުލައި 25، 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގަ އެވެ. ނަޝާތުގެ ދައުރު ހަމަވުމާއެކު ކޮމިޝަނުގައި މިހާރު ތިބޭނީ ހަތަރު މެމްބަރުންނެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެއި 29، ގައި ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. ނަމަވެސް، އެ މައްސަލައަށް ގޮތެއް ނުނިންމާ ޖޫން 22، މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

ނަޝާތުގެ ދައުރު އިތުރުކުރުން ހިމެނޭހެން ފަސް މަޖިލީހަށް ހުށަހަޅާފައިވާ ފަސް ކަމެއް ނިންމާފައި ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާ ގޮތަށް ދައުރު ދަންމައިލަން އެމްޑީޕީން އެދުނެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން އެގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ނުނިމި ހުރި ކަންކަން ނިންމުމަށް އެ ޕާޓީން މަޖިލީހުގައި އެދުނު ނަމަވެސް އެކަން ކޮށްދެމުން ނުދާ ކަމަށެވެ. މިހާތަނަށް އެހެން އެދިގެން ދައުރުން ބޭރުން ޖަލްސާ ބޭއްވީ ކޮމިޓީތައް އެކުލަވާލުމަށެވެ.

"ދައުރުން ބޭރުން އަޅުގަނޑުމެން މިހާރު އެދިގެން އުޅޭ ޖަލްސާތައްވެސް ނުބާއްވަދީގެން މިއުޅެނީ، މަޖިލީހުގެ ގަވާއިދު ބުނާގޮތުން ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން މިކަންކަން ހައްލުކުރެވެން ޖެހޭނެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާނެ ބަޔަކު މަޖިލީހުގެ ރިޔާސަތުގައި ތިބި ދުވަހަކުން ދެއްތޯ ކަމެއް ކުރެވޭނީ،" މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދުކުރައްވާ އަސްލަމް ވިދާޅުވި އެވެ.

އީސީގެ ގާނޫނީ އަދަދު ގެއްލިފައި މިވާ ދަނޑިވަޅަކީ އެ ކޮމިޝަނުގެ އެތެރޭގެ މަސްލަހަތު ގެއްލި، ނަޝާތު ހިމެނޭހެން ތިން މެމްބަރަކު ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތަށް ފާސްކުރި ނަމަވެސް ފުއާދު އިސްތިއުފާ ދެއްވައިގެން ނުވަތަ މަޖިލީހުން އޭނާ ވަކިކޮށްގެން މެނުވީ އޭނާ މަގާމުން ދުރެއް ނުކުރެވެ އެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި ފާސްކޮށްފައި މި ވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ ކޮމިޝަނުގެ ބައެއް މެމްބަރުން ނުރުހުންފާޅުކޮށްފައި އޮއްވަ އެވެ. އެ މެމްބަރުން ބުނަނީ ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްދޭން ފުއާދު ނުފޫޒު ބޭނުން ކުރެއްވި ކަމަށެވެ. އެ ތުހުމަތުތައް ފުއާދު ދޮގު ކުރައްވަ އެވެ.