Advertisement

އަޅުގަނޑާ މެދު ހިތްހަމަ ނުޖެހޭނެމަ އިސްތިއުފާ ދޭން ޖެހޭނީ ކޮމިޝަންގެ އެހެން މެންބަރުން: ފުއާދު

24 ޖުލައި 2023 - 15:04 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އީސީގެ ރައީސް ފުއާދު ތައުފީގު : ވިދާޅުވީ އެބޭފުޅާއާ މެދު ހިތްހަމަ ނުޖެހޭނެމަ އިސްތިއުފާދޭންޖެހޭނީ ކޮމިޝަންގެ އެހެން މެންބަރުން ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އަޅުގަނޑާ މެދު ހިތްހަމަ ނުޖެހޭނެމަ އިސްތިއުފާ ދޭން ޖެހޭނީ ކޮމިޝަންގެ އެހެން މެންބަރުން: ފުއާދު

24 ޖުލައި 2023 - 15:04 0

ގައުމުގެ އިސްވެރިޔާ ހޮވުމަށް ކުޑަތަންވެފައިވާ މިފަދަ ހާލަތެއްގައި އިލެކްޝަންސްގެ ކޮމިޝަންގެ މެންބަރުން އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތް ކަމަށް ފާސްކޮށް، މަގާމުން ވަކިކުރަން އުޅެނީ ގައުމާ މެދު ލޯތްބެއް ވެސް ނެތުމުން ކަމަށާއި ރައީސާ މެދު ހިތްހަމަ ނުޖެހޭނަމަ ރަނގަޅު ގޮތަކީ އެ މެންބަރުން އަމިއްލައަށް އިސްތިއުފާ ދިނުން ކަމަށް ފުއާދު ވިދާޅުވެއްޖެ އެވެ.

ފުއާދު ދާދި ދެންމެއަކު "އަދަދު" އަށް ވިދާޅުވީ، އެބޭފުޅާގެ އިތުބާރު ނެތް ކަމަށް ނިންމި ނަމަވެސް، މަގާމުން ވަކިކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް ކަމަށެވެ. އެހެންކަމުން މަގާމުން އިސްތިއުފާ ދޭން ނުވިސްނާ ކަމަށާއި މިފަދަ ދަނޑިވަޅެއްގައި ގައުމަށް އެންމެ ރަނގަޅު ގޮތަކީވެސް މަގާމުގައި ހުންނެވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަހޭ ހުރި މީހަކު ނުކުރާނެ އިނގޭތޯ [އެކަމެއް] އެފަދަ ވަޒީފާއެއްގަ ހުރެފަކާ މިފަދަ ދަނޑިވަޅެއްގައެއް، ދެން އެއަށްވުރެ މާ ރަނގަޅު އެބޭފުޅުން އަޅުގަނޑާ ދޭތެރޭ ހިތްހަމަ ނުޖެހެންޏާ އެބޭފުޅުން އަމިއްލައަށް އިސްތިއުފާ ދެއްވުން، އަޅުގަނޑެއް ހަމަގައިމުވެސް އިސްތިއުފާއެއް ނުދޭނަން," ފުއާދު ވިދާޅުވި އެވެ.

އީސީގައި ޖުމްލަ ފަސް މެމްބަރުން ތިބޭއިރު ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ހަތަރު މެމްބަރުން ޖަލްސާގައި ބައިވެރިވެ، އެއާ އެއްކޮޅަށް ތިން މެމްބަރުން ވޯޓު ދެއްވިކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެ ވޯޓު ނެގީ މި ހިނގާ ޖުލައި 18، ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނު އޮންނަ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިގެން މެމްބަރަކު ނުވަތަ ރައީސް އަދި ނައިބު ރައީސް ވަކި ކުރެވޭނެ އުސޫލެއް ބުނެފައެއް ނޯވެ އެވެ.

އެ ކޮމިޝަނުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ށ. ގައި ބުނެފައި އޮންނަނީ "ކޮމިޝަނުގެ ރައީސްގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ކަމަށް ބެލޭނީ، ކޮމިޝަނުގެ މެމްބަރުކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތެއް ކުރިމަތިވުމުން" ނުވަތަ "ރައީސާއި ނައިބު ރައީސް އާއި ދެމީހުންކުރެ މީހަކު އެމީހެއްގެ މަގާމުން އިސްތިއުފާދިނުމުން" ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައި ފާސްކޮށްފައި މި ވަނީ އޭނާގެ އިތުބާރު ނެތް ކަމަށް ބުނެ ކޮމިޝަނުގެ ބައެއް މެމްބަރުން ނުރުހުންފާޅުކޮށްފައި އޮއްވަ އެވެ. އެ މެމްބަރުން ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށްދޭން ފުއާދު ނުފޫޒު ބޭނުން ކުރެއްވި ކަމަށެވެ. އެ ތުހުމަތުތައް ފުއާދު ދޮގު ކުރައްވަ އެވެ.