ތުޅާދޫ ހޮސްޕިޓަލުގެ ބިންގާ އެޅުން -- ފޮޓޯ: އެމްޓީސީސީ
ބ. ތުޅާދޫގައި ސަރުކާރުން އިމާރާތްކުރާ ހޮސްޕިޓަލުގެ ބިންގާ އަޅައިފި އެވެ.
މިއަދު ތުޅާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނާއި ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލެވެ.
ތުޅާދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.
ސަރުކާރުގެ ބަޖެޓުން 124 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ އެވެ. ހޮސްޕިޓަލު އިމާރާތްކުރުމަށް އެ ކުންފުންޏަށް ދީފައިވަނީ 18 މަސް ދުވަހުގެ މުއްދަތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، އެހެން ރަށްރަށަށް ބަރޯސާނުވެ އަމިއްލަ ރަށުގައި ތިބިގެން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތައް ލިބުމަކީ ތުޅާދޫ ރައްޔިތުން ކޮށްފައިވާ ދިގު އިންތިޒާރެއް ކަމުގަ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަސްލު
over 1 year ago
ސަރުކާރުން އިންތިޚާބު ކާމިޔާބު ނުވާނެކަށް ޔަގީންވީމާ ރައްޔިތުންގެ ބޮލަށް ޗިޕްޖަހަނީއެވެ. ވެރިކަށް ނިމެން 49 ދުވަހަށްވީމާ ހޮސްޕިޓަލް ވާހަކަ ދެއްކުމަކީ ލަދުވެތި ކަމެކެވެ. މީގެކުރީން އެމެޓީސީސީއާއި ހޮސްޕިޓަލް ހަވާލު ނުކުރީ ކީއްވެތޯއެވެ. ދެންވެސް ވެރިކަމަށް ހޮވާފިއްޔާ މިއަށްވުރެން ލަސްވާނެކަށް ޔަގީނެވެ.
Comment