Advertisement

ދަރިން ޑްރަގާއި ދުރުކުރަން މައިންބަފައިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށަނީ

24 ޖުލައި 2023 - 12:55 3

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ހެލްތް މިނިސްޓްރު އަހްމަދު ނަސީމް-- ފޮޓޯ: އިޔާން/އަދަދު


ދަރިން ޑްރަގާއި ދުރުކުރަން މައިންބަފައިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށަނީ

24 ޖުލައި 2023 - 12:55 3

ދަރިން ޑްރަގާއި ދުރުކުރަން މައިންބަފައިން އިތުރަށް ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމެއް މިއަހަރު ފަށާނެކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ބ. ތުޅާދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޑްރަގް ނުވަތަ މަސްތުވާތަކެތީގެ މައްސަލަތަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އާންމުވެފައިވާ މައްސަލައެއް ކަމަށެވެ. ޑްރަގުން ތިމާގެ ދަރިން ސަލާމަތްކުރަން ބޭނުންވާނަމަ މައިންބަފައިން ހޭލުންތެރިކުރަންޖެހޭކަމަށް ވިދާޅުވި އެވެ.

"މައިންބަފައިން އެބަޖެހޭ ޑްރަގުގެ ތެރެއަށް އޭނާގެ ދަރިއަކު ވަންނަނީ ކަމުގަ ވަންޏާ އެ ދެނެގަނެވޭނެ ގޮތަކަށް ޓްރެއިންކޮށްދޭން، ކުރީބައިގަ އަތުލައިގަނެވިއްޖިއްޔާ އެކުއްޖަކު އެޔާ [ޑްރަގާ] ދުރުކުރެވުދާނެ،" މިނިސްޓަރު ނަސީމް ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މައިންބަފައިން ޑްރަގުގެ މައްސަލަތަކާއި މެދު ދެކޭ ގޮތް ބަދަލުކޮށް، އެކަމުން އަރައިގަތުމަށް އެއްބާރުލުންދޭ "ސަޕޯޓިވް" ބަޔަކަށް ވާން ޖެހެ އެވެ. މައިންބަފައިންނަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމްތަކެއް ހިންގަން ޖެހެނީ އެހެންވެ ކަމަށާއި އެ ޕްރޮގްރާމް މިއަހަރު ފަށާނެކަމަށް ނަސީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގަ އެކަހަލަ ޕްރޮގްރާމުތަކެއް މައިންބަފައިނަށް އަމާޒުކޮށްގެން ހިންގާނަން. މިހާރު އެ ޕްރޮގްރާމުތަކުގެ މައި ބައި އަޅުގަނޑުމެން ހުންނާނީ ތައްޔާރުކޮށްފަ. އޮގަސްޓް މަހުގެ ފަހުކޮޅުގަ ނުނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ މި މަސައްކަތް ފެށޭނެ،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގެ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މައްސަލަ އެވެ. އެ މައްސަލައަށް ހައްލެއް ހޯދުމަކީ މިސަރުކާރުގެ ވެސް ވައުދެކެވެ.