Advertisement

އައްޑޫ ހިތަދޫ ގެއެއްގައި ރޯވެ އެކަކު ފިހިއްޖެ

24 ޖުލައި 2023 - 10:50 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އަލިފާނުގެ ހާދިސާ ހިނގި ހިތަދޫ "ކުޅިބަލާބޭ" ގެ -- ފޮޓޯ: އެމްއެންޑީއެފް


އައްޑޫ ހިތަދޫ ގެއެއްގައި ރޯވެ އެކަކު ފިހިއްޖެ

24 ޖުލައި 2023 - 10:50 0

އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ފިހިއްޖެ އެވެ.

އެ ހާދިސާގެ މައުލޫމާތު 'އަދަދު' އަށް ދެއްވަމުން ހިތަދޫ ކައުންސިލް މެމްބަރު އިބްރާހިމް ޝިނާޒް ވިދާޅުވީ، އެ ގޭގައި އަލިފާން ރޯވީ ރޭ ފަތިހު 4:00 ހާއިރު ކަމަށެވެ. އަދި ހާދިސާ ރިޕޯޓުކުރިތާ އެއް ގަޑި އިރުގެ ތެރޭގައި އެމްއެންޑީއެފުން އަލިފާން ނިއްވާލިކަމަށް ވެސް ޝިނާޒް ވިދާޅުވި އެވެ.

އަލިފާން ރޯވީ ހިތަދޫ "ކުޅިބަލާބޭ" ގޭގަ އެވެ.

ޝިނާޒް ވިދާޅުވީ ރޯވި ގޭގައި ހަތަރު މީހުން ދިރިއުޅުނު ކަމަށާއި އަލިފާނުގެ ސަބަބުން އެކަކު ފިހިފައިވާކަމަށެވެ.

"ހަތަރު މީހުން ދިރިއުޅުނު ގެއެއްގަ ރޯވީ. އެކަކަށް އަނިޔާވެ ފިހުނު،" ޝިނާޒް ފާހަގަކުރެއްވި އެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވާކަމަށާއި ފުހުން އަދި އެމްއެންޑީއެފުން ތަހުގީގުކުރަމުން އަންނަކަމަށް ޝިނާޒް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ފިހިފައިވަނީ އެ ގޭގައި ދިރިއުޅުނު ފިރިހެނެއް ކަމަށެވެ. އަދި އޭނާގެ އަތާއި ފައި ވަނީ ކޮންމެވެސް ވަރަކަށް ފިހިފައިވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

'އަދަދު' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވީ އެ ގޭގެ ބަދިގެއިން ގޭސް ލީކްވުމުގެ ސަބަބުންނެވެ.