Advertisement

ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ކުރިއަށް

21 ޖުލައި 2023 - 01:03 0

ގްރީން ސްޓްރީޓްސްގެ މިންވާލް (ކ) އަތުން ޓީސީގެ އަޖްމަލް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.


ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ކުރިއަށް

21 ޖުލައި 2023 - 01:03 0

އެއް ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމާލި ކްލަބް ގްރީން ސްޓްރީޓްސް 2-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށް ފިޔަވަޅެއް ޖެހިލައިފި އެވެ.

މި މޮޅާ އެކު، ޓީސީން ލީގުގެ ފަސް ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ގްރީން ސްޓްރީޓްސް ހަތް ވަނައިގައި އޮތްއިރު، އެ ޓީމަށް ވަނީ ފަސް މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ.

ވިއްސާރައިގެ ތެރޭގައި ކުޅެން ޖެހުނު މިރޭގެ މެޗުގައި ޓީސީން ލީޑުނެގީ މެޗުގެ 42 ވަނަ މިނިޓްގައި ހައިޝަމް ރަޝީދު ޖެހި ގޯލުންނެވެ. ޓީސީގެ ކުޅުންތެރިއަކު އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަންނަން އުޅުމުގެ ތެރޭގައި ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން ފަހަތަށް ފޮނުވާލި ބޯޅައެއް ހޯދައި، ހައިޝަމް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން މިނިޓް ތެރޭ ޓީސީން ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ކައުންޓަ އެޓޭކެއްގައި މެޗުގެ 48 ވަަނަ މިނިޓްގައި ޓީސީގެ މި ލަނޑު ޖެހީ އަޖުމަލް އަހުމަދު އެވެ. އަޖުމަލް މި ގޯލު ޖެހީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރަކު ފައިގައި ޖެހިފައި އައި ބޯޅައެއް ހުސްކޮށް އޮތް ގޯލަށް ވައްދާލައިގެންނެވެ.

ގްރީން ސްޓްރީޓްސް އިން މެޗުގެ ފަހު ފަނަރަ ވަރަކަށް މިނިޓް ކުޅެން ޖެހުނީ ކުޅުންތެރިއަކު މަދުކޮށެެވެ. އެއީ އެ ޓީމުގެ ފަހަތަށް ކުޅުނު ޑިފެންޑަރު، އައްމާން ނަސީމް އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.