Advertisement

ވިލާ ހަކަތަ: ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑު ހިއްސާދާރެއް

9 އޮގަސްޓު 2023 - 12:50 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިލާ ގޭސް -- ފޮޓޯ: ވިލާ ހަކަތަ


ވިލާ ހަކަތަ: ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑު ހިއްސާދާރެއް

9 އޮގަސްޓު 2023 - 12:50 0

ވިލާ ހަކަތަ އަކީ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮންސްޓްރަކްޝަން ސާމާނު އަދި ސިނާއީ ޒަރޫރީ ތަފާތު ތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ.

ވިލާ ހަކަތައަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކޮންގްލޯމެރޭޓް ކަމަށްވާ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ވިލާ ކޮންސްޓްރަކްޝަން މެޓީރިއަލްސް

ތުބާރު ކުރެވޭ އަދި ފެންވަރު ރަނގަޅު އިމާރާތް ކުރާ ސާމާނު ބޭނުންވާނަމަ، ވިލާ ހަކަތައަކީ އެކަމަށް އެންމެ ރަނގަޅު ކުންފުންޏެވެ.

ވިލާ ހަކަތައިން އުފައްދާ އިމާރާތްކުރުމަށް ބޭނުންވާ ސާމާނުގެ ތެރޭގައި ފެންވަރު ރަނގަޅު ހިލަ އަދި ވެލި، ޓިމްބާ، ޕްލައިވުޑް، ޝެރާ ބޯޑް، ޕާލިން، ޑީފޯމްޑް ބާސް އަދި ސްޓީލްގެ އިތުރުން ކުލަ ޓިނު ވެސް ހިމެނެއެވެ އަދި ކަސްޓަމަރުން އެދޭގޮތަށް ވިލާއިން މި ސާމާނު “ކަސްޓަމައިޒް” ކޮށްދޭނެ އެވެ...

ވިލާ ސިމެންތިއަކީ ވިލާ ގްރޫޕް އަދި ވިލާ ހަކަތައިގެ "ފްލެގްޝިޕް" ބްރޭންޑެވެ. ފަސް އަހަރު ވަންދެން މާކެޓް ލީޑްކޮށްފައުވާ ވިލާ ހަކަތައިން އިމްޕޯޓްކުރާ ލޫސް ސިމެންތި ރައްކާކުރުމަށް ބޭނުންކުރާ ކޮންޓެއިނަރުގައި 16،000 މެޓްރިކް ޓަނުގެ ސިމެންތި ރައްކާކުރެވޭ ކަމުގައި އެ ކުންފުނިން ބުނެ އެވެ. އަދި ޒަމާނީ މެޝިނަރީތައް ބޭނުންކުރެވޭ ސިމެންތި ޕެކިން ފެސިލިޓީގައި 50 ކިލޯގެ ސިމެންތި އުފައްދަ އެވެ.

ވިލާ ސިމެންތި -- ފޮޓޯ: ވިލާ ހަކަތަ


ރާއްޖޭގައި ހިންގާ އާބަން ޑިވެލޮޕްމަންޓް މަޝްރޫއުތަކަށް ސިމެންތި ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ވަނީ ޕެކިން ކެޕޭސިޓީ ތަރައްގީކުރުމަށް ސްޓްރެޓެޖިކް އެޕްރޯޗަކާއިއެކު މަސައްކަތް ކޮށްފަ އެވެ. މިގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ވިލާ ސިމެންތިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭގެ ތެރޭގައި:

  • ސިނަމާލެ ބްރިޖް
  • ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ
  • ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލް މަޝްރޫއު
  • ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖާ އެރައިވަލް ޓާމިނަލް
  • ނޫވިލު ސީޕްލޭން ޓާމިނިލް
  • ހިޔާ ފްލެޓް މަޝްރޫއު

ސިނަސިނަމާލެ ބްރިޖް -- ފޮޓޯ؛ މިރާޝް ނާޝިމް/އަދަދު


ވިލާ ގޭސް

ރާއްޖޭގެ އެންމެ ބޮޑު ގޭސް ރައްކާ ކުރާ ސްޓޯރޭޖް ފެސިލީއާއިއެކު އޮޕަރޭޓްކުރާ ވިލާ ގޭހަކީ ހެޔޮއަގުގައު ކަސްޓަމަރުންނަށް ލިބެން ހުންނަ އުފެއްދުމެކެވެ. އަވަސް ޑެލިވަރީތަކާއިއެކު 4 ކޭޖީ، 10 ކޭޖީ، 20 ކޭޖީ އަދި 45 ކޭޖީގެ ފައިބާ ސިލިންޑާތައް ވިލާހަކަތައިން ކަސްޓަމަރުންނާއި ހަމައަށް ގެންގޮސްދޭނެ އެވެ.

ވިލާގެ ހޮޓްލައިން 3336633 އަށް ގުޅައިގެން އަދި ވިލާ ގޭސް އެޕުންނާއި ވެބްސައިޓް www.villagas.mv އިން ވެސް ގޭސްފުޅިއަށް އޯޑަރު ޖަހާލެވޭނެ އެވެ.

ވިލާ ގޭސް -- ފޮޓޯ: ވިލާ ހަކަތަ


މީގެ އިތުރުން ދުނިޔޭގެ ލީޑިން ލުބްރިކެންޓް ކަމުގައިވާ "ޝެލް ލުބްރިކެންޓްސް" ވެސް ވިލާ ހަކަތައިން ކަސްޓަމަރުންނާއި ހަމައަށް ގެނެސްދެ އެވެ. ވިލާ އަކި "ޝެލް ލުބްރިކެންޓްސް"ގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

މި އުފެއްދުމާއި ބެހޭ އިތުރު މައުލޫމާތު 3327811 އަށް ގުޅާލައިގެން އަދި [email protected] އަށް މެއިލް ކޮށްލައިގެން ލިބޭނެ އެވެ.

ވިލާ ހަކަތައިން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގައި ބޮޑު ދައުރެއް އަދާކޮށް، ރާއްޖޭގެ މާކެޓުތަކަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދެމުންނެވެ.