Advertisement

އޮންލައިންކޮށް ރީ-ރެޖިސްޓްރީވުމުގެ އިންތިޒާމު ހަމަނުޖެހުނު، ފޯމު ހުށަހަޅަން ޖެހެނީ އެމްބަސީތަކަށް

18 ޖުލައި 2023 - 10:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް ރީ-ރެޖިސްޓާ ނުވެވޭނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ މިއަދު ވިދާޅުވެފަ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އޮންލައިންކޮށް ރީ-ރެޖިސްޓްރީވުމުގެ އިންތިޒާމު ހަމަނުޖެހުނު، ފޯމު ހުށަހަޅަން ޖެހެނީ އެމްބަސީތަކަށް

18 ޖުލައި 2023 - 10:53 0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާތަން ބަދަލުކޮށް ރީ-ރަޖިސްޓާ ކުރުމުގައި، ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް އެކަން ކުރުމުގެ އިންތިޒާމު ހަމަޖެހިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އޮންލައިންކޮށް ރީ-ރެޖިސްޓާ ކުރުމަށް ބޭރުގައި ތިބި ފަރާތްތަކަށް އޯޓީޕީ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ސޯޝަލް މީޑިއާގައި ޝަކުވާ ބޮޑުވުމާއި ގުޅިގެން އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ މިއަދު އެކަން ސާފުކޮށްދެއްވާފަ އެވެ.

އެގޮތުން, ފުއާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް ރީ-ރެޖިސްޓާ ކުރެވޭ ގޮތް މިފަހަރުގެ އިންތިހާބާ ދިމާކޮށް ހަމަ ނުޖެއްސުނު ކަމަށާއި އެކަމަށް މާފަށް އެދޭ ކަމަށެވެ.

"ކޮލަމްބޯ، ޓްރިވަންޑްރަމް، ލަންޑަން، ކުއަލަލަމްޕޫރު، ފަދަ ރަށެއްގައި ހުންނެވި ނަމަ އެ ރަށެއްގައި ހުންނަ ހައި ކޮމިޝަނަށް ރީ-ރެޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުން އެދެން" ފުއާދު ލިޔުއްވާފައިވެ އެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލީ މި މަހުގެ 16 ގަ އެވެ. އެ ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ. ނަމަވެސް އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ މި މަހުގެ 29 އާ ހަމައަށެވެ.

ރިޔާސީ އިންތިހާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އީސީގެ ވެބްސައިޓް އަދި (VR space ID.No Send to 1414) އަށް އެސްއެމްއެސް ކޮށްގެން ޗެކު ކުރެވޭނެ އެވެ.

ރަޖިސްޓަރީ ވުމަށް އެދި އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ. އަދި މާލޭ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާއިންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން ވެސް ފޯމު ހުށަހެޅޭނެ އެވެ.