Advertisement

އާރްޓީއެލް އެޕުގައި މައްސަލައެއް އުޅުނު، މިހާރު ވަނީ ހައްލުކޮށްފަައި: އެމްޓީސީސީ

17 ޖުލައި 2023 - 10:46 0

އާރްޓީއެލްގެ ފެރީއެއް. އެމްޓީސީސީން ބުނީ އާރްޓީއެލް ލިންކްގައި ސެކިއުރިޓީ މައްސަލައެއް އުޅުނުކަމަށާއި މިހާރު ހައްލުކޮށްފައިވާ ކަމަށް. ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު


އާރްޓީއެލް އެޕުގައި މައްސަލައެއް އުޅުނު، މިހާރު ވަނީ ހައްލުކޮށްފަައި: އެމްޓީސީސީ

17 ޖުލައި 2023 - 10:46 0

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ އެޕްލިކޭޝަނުގައި ސަލާމަތީ މައްސަލަތަކެއް ހުރި ކަމުގެ ޝަކުވާ ލިބިގެން އެ މައްސަލަ ބަލައި އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށް އެކުންފުނިން މިއަދު ބުނެފި އެވެ.

އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އާރްޓީއެލް އެޕްގައި "ސެކިއުރިޓީ ވުލްނަރަބިލޓީއެއް އުޅޭކަމުގެ ރިޕޯޓެއް އެކުންފުންޏަށް ލިބުނީ މިމަހު ކުރީކޮޅު ކަމަށެވެ. އެ މައްސަލަ ބެލުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ވެސް ބަޔާނުގައި އެ ކުންފުނިން ބުންޏެވެ.

"އަދި ސިސްޓަމް ސެކިޔުރިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައްވެސް މި ކުންފުނިން މި އަންނަނީ ކުރަމުން،" އެ ބަޔާނުގައިވެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެއްވެސް ކަސްޓަމަރެއްގެ ބޭންކު ކާޑުގެ މަޢުލޫމާތު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ނެގޭފަދަ މަޢުލޫމާތެއް އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކުރެވިފައި ނުހުންނާނެކަމުގެ ޔަގީންކަން އެކުންފުނިން ދޭ ކަމަށެވެ. ކަސްޓަމަރުންގެ ބޭންކިން މަޢުލޫމާތު ބަހައްޓަނީ ސެކުއާ ޕޭމަންޓްއެއް ހަދަން ބޭނުންވާ މިންވަރަށް އެކަނި ކަމަށް ވެސް އެމްޓީސީން ބުންޏެވެ.

"...މިގޮތުން އާރްޓީއެލް ސިސްޓަމްގައި ބޭންކު ކާޑު ބޭނުންކުރެވޭނީ ޕާޓްނަރިންގ ބޭންކުގެ ސެކިޔުރިޓީ ސްޓެންޑަރޑްތަކާއި އެއްގޮތަށް ކަމުގައިވެސް ދަންނަވަން،" ބަޔާނުގައި އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލް ސިސްޓަމްގައި ކާޑު ޓްރާންސެކްޝަން ހެދުމަށް ބޭނުންކުރާ ޑިޖިޓަލް އާލަތްތަކަކީވެސް ބައިނަލްއަޤްވާމީ ޕޭމަންޓް ކާޑު އިންޑަސްޓްރީގެ ސްޓޭންޑަޑްއަށް ސެޓިފައި ކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ވެސް އެކުންފުނިން ބުންޏެވެ.