Advertisement

ނަޝީދާއެކު މެމްބަރު އަހުމަދު ރަޝީދު ވެސް ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފި

13 ޖުލައި 2023 - 23:37 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު (ވ) އަދި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ކ) ޑިމޮކްރެޓްސްއަށް ސޮއިކުރައްވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނަޝީދާއެކު މެމްބަރު އަހުމަދު ރަޝީދު ވެސް ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފި

13 ޖުލައި 2023 - 23:37 0

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި އާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްއަށް އެމަނިކުފާނު ސޮއިކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (އަރާއިރު ރަޝީދު) ވެސް އެ ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީގެ ކުރީގެ ރައީސްގެ މަގާމުގައިވެސް ހުންނެވި ނަޝީދު، ޖޫން 21، ގައި އެ ޕާޓީ ދޫކޮށްލެވުމާއެކު ރަޝީދުވެސް އެމްޑީޕީން ވަކިވި އެވެ. ނަމަވެސް ޑިމޮކްރެޓްސްއަށް ރަސްމީކޮށް ގުޅިވަޑައިނުގަންނަވަ އެވެ.

ނަޝީދު އާއި ރަޝީދާއެކު މަޖިލީހުގައި މިވަގުތު 15 ޑިމޮކްރެޓުން ތިއްބަވާނެ އެވެ. އޭގެ އިތުރުން އެމްޑީޕީ އުފެއްދުމުގައި އިސްވެ މަސައްކަތް ކުރެއްވި އަހުމަދު އައްބާސްގެ އިތުރުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރު ކަމުން މިރޭ އިސްތިއުފާދެއްވި ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ވެސް މިރޭ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އެވެ.

އެމްޑީޕީގެ 12 މެ،މްބަރަކު އެ ޕާޓީން ވަކިވެ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ފެށީ، މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމުމާއެކުގަ އެވެ. އާޒިމް ވަކިކުރަން ނިންމީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ވާދަވެރި ޕާޓީތަކުން ރައްޔިތުންގެ މަޖިލިހަށް ވެއްދި ގަރާރުގައި ސޮއިކުރެއްވުމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ނަޝީދު ވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑު ފޫ ވައް ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު މިރޭ ވިދާޅުވި އެވެ.

ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ދެހާސްތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ނަޝީދެވެ. އަދި 2018 ވަނަ އަހަރު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ކެންޑިޑޭޓަކަށް އިންތިހާބުވި ނަމަވެސް އޭރު ޖަލު ހުކުމެއްގައި ހުންނެވުމުން، ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމްޑީޕީގެ އެތެރޭގެ ބާރު އޮތީ ސޯލިހަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ ގައުމީ މަޖިލިހުގެ ބާރު ވެސް ރައީސް ސޯލިހަށް އޮތް އިރު އެމްޑީޕީގެ އެތެރޭގެ ހުރިހާ އިންތިހާބުތަކެއް ކާމިޔާބުކުރީ ރައީސް ސޯލިހުގެ ފަޅިންނެވެ.

ޖެނުއަރީ 28، ގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ނާކާމިޔާބުވެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހެވެ.