13 ޖުލައި 2023 - 18:07 2
ހަސަން މުހައްމަދު
13 ޖުލައި 2023 - 18:07 2
ދަ ޑިމޮކްރެޓްސްއަށް މިރޭ ސޮއި ކުރެއްވުމަށްފަހު އެމަނިކުފާނު ކުރިން އުޅުއްވި މިހާރުގެ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ރޫޅާލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވައުދުވެވަޑައިގެންފި އެވެ.
"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ އެއް ބާނީ ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ޖެހުނު ސިޔާސީ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް ޖޫން 21، ގަ އެވެ. އެއިރު އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރައްވަނީ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އެމްޑީޕީގައި ތިބި ނަޝީދުގެ ރަހުމަތްތެރިން ވެސް އެ ޕާޓީން ވަކިވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"އަޅުގަނޑުގެ ރަހުމަތްތެރިން، އެމްޑީޕީގައި ތިބި، ދަންނަވާނަން ތި ތިބީ ގޯސް ތަނުގައި މިހާރު. ތިބޭފުޅުންގެ ގޮތް ތިޔަ ދޫވަނީ މިހާރު. ވަޒީފާއެއްގެ ބޭނުމަށް، މާއްދީ ތަނަވަސްކަމަކަށް ގޮތް ދޫނުކޮށްލައްވާށޭ. އެ އަނބުރައެއް ނުލިބޭނެ. އެސްއެމްއީ ބޭންކަކުން ނުލިބޭނެ ތިމާގެ އުސޫލެއް،" ނަޝީދު ވިދާޅުވި އެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ ޕާޓީން ފިކުރު ބަދަލު ކުރި ނަމަވެސް ތިމާ އެކަން ދަންނަންވާނެ ކަމަށާއި އެއްވެސް ހާލެއްގައި ފިކުރު ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ވެސް އިންތިހާއަށް ދެރަވި އެމްޑީޕީ ދޫކޮށްލަން. ހަމަ ވަރަށް އުނދަގޫވި. އެހެންނަމަވެސް މިއަދުގެ ޒުވާނުން މާ ހިޔާލު ތަނަވަސް. އަޅުގަނޑުގެ ދޮށީ ދަރިއަށް 24 އަހަރު. އޭނާ ބުނީ، ނޫން، ބައްޕަ އުޅުނީކީ ކުލައަކާ ރައްޓެހިވެގެނެއް ނޫނޭ. ބައްޕަ އުޅުނީ ލަވަޔަކާ ގަޔާވެގެނެއް ނޫނޭ. އަޅުގަނޑުމެން އުޅުނީ ފިކުރެއް ދިރުވާށޭ،" އެމަނިކުފާނު ވިދާޅުވި އެވެ. "ރާއްޖޭގެ ރައްޔިތުންނަށް ދެންވެސް، ދެންވެސް ދަންނަވާލަން އޮތީ ގޮތް ދޫނުކޮށްލައްޗައްޗޭ."
ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ހަމަޖެހިފައިވާއިރު ނަޝީދާއި މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންތިހާބުގައި ވާދަ ނުކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އިންތިހާބުގައި ނަޝީދު ވާދަކުރައްވާކަން ކަށަވަރެއްނުވެ އެވެ.
ރައީސް ސޯލިހު ވާދަ ކުރައްވާނެކަން އެނގޭއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވާދަ ކުރައްވަ އެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަ އެވެ.
25.00%
0.00%
50.00%
25.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ރޫޅިއްޖެ
over 1 year ago
އަންނިއަށް އެނގެނީ މަގުމަތި ރޫޅާލަން އެކަނި. އެއްވެސްކަހަލަ ހަރުދަނާކަމެއް ހިންގުންތެރިކަމެއް ރަސްމީ މަސައްކަތެއްގެ ކުޅަދާނަކަން ހުރި މީހެއްނޫން. މީ ޑިމޮކްރެޓިކް ޕާޓީއެއް - އެކަކު ވަށާ ތަވާފް ކުރާކަށް ނުޖެހޭ. ނުވެސް ރޫޅޭނެ. ކަތުރުފަންޏެއްހެން އެތެރެއިން ފަސާދަ ނުވީމާ ތިޔަ ހުރީ ބޭރަށް ނިކުމެ. ދެން އަދި މާ އިރެލެވެންޓް ވާނެ. ގަދަބަސް ނުބުނެ ދެންވެސް ދޭބަލަ ޔާމިނު ކައިރީ ސަލާން ޖަހަން.
އަލިބޭބެ
over 1 year ago
ނަފްރަތާއި ރުޅިވެރިކަމާއި، ހަސަދަވެރިކަން ނޫން އެއްޗެއް ރައީސް ނަޝީދުގެ ހިތަކު ނެތް. އެމަނިކުފާނާއި އެކު އުޅޭ ބަޔަކަށް މަގުމަތި ނޫންތަނެއް ނެތް. ޙަޔާތެއް ނިމި އެދަނީ ހަސަދަވެރިކަމާއި ނަފްފަތުފެތުރުމާއި ބޮޑާކަމާއި ކިބުރުވެރިކަމުގައި. އަސްލު ސޫރަ ތިޔަ ފެންނަނީ.
Comment