Advertisement

ަސަރުކާރުގެ "ވައްކަންތައް" ހިސާބުކުރަން އިދިކޮޅުން ކޮމިޓީއެއް ހަދައިފި

13 ޖުލައި 2023 - 10:43 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: ޕީޕީއެެމް


ަސަރުކާރުގެ "ވައްކަންތައް" ހިސާބުކުރަން އިދިކޮޅުން ކޮމިޓީއެއް ހަދައިފި

13 ޖުލައި 2023 - 10:43 0

ސަރުކާރުން ބޮޑެތި ވައްކަންތައް ކުރާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެކަންތައްތައް ބަލައި ހިސާބުކުރަން ހާއްސަ ކޮމިޓީއެއް ހަދައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެޕާޓީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ "ސަރުކާރުން ވައްކަން ކުރާލެއް ގިނަކަމުން ދިވެހި ރައްޔިތުން ނިކަމެތިވަމުންދާ" ކަމަށާއި އެކަން ހިސާބުކުރަން ކޮމިޓީއެއް ހާއްސަކުރަން ޖެހުނީ އެހެންވެ ކަމަށެވެ.

"އަަޅުގަނޑުމެން މިހާރު ވާނީ ވައްކަމުގެ ހިސާބުތައް ބަލާނެ ހާއްސަ ކޮމިޓީއެއް [ހަދާފައި]. އެ ކޮމިޓީ އަޅުގަނޑުމެން ހާއްސަކުރަން ޖެހޭ، ވައްކަން ކުރާލެއް ގިނަކަމުން،" ޝިޔާމް ވިދާޅުވި އެވެ.

ވައްކަން ބަލަން ހާއްސަ ކޮމިޓީއެއްގެ ވާހަކައަށް އޭނާ ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު، ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ސަރުކާރުން ހުއްދަ ދިން ދިނުމަށް ނުސީދާކޮށް ފާޑުވިދާޅުވުމަށް ފަހުގަ އެވެ. އަދީބުގެ ނަން އެހެން ނަމަވެސް ޝިޔާމް ސީދާ ވިދާޅެއް ނުވެ އެވެ.

"އެމްއެމްޕީއާރްސީ [ހިޔާނާތަކީ] ދިވެހިރާއްޖޭގައި ހިންގި އެންމެ، އެންމެ ބޮޑު ވައްކަން. [އެކަމަކު] ސަމާ ހޮލިޑޭއަށް އެންމެން ފޮނުވާލައިފި. މީނާއަށް [ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް] ކެމްޕޭން ކުރެވެނީ އެންމެނަށް ހޮލިޑޭ ދީގެނޯ،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރަން އެމްޑީޕީން ގެންގުޅޭ ކެމްޕޭން ޝިއާރު، "އުފާވެރި އަމާން ރާއްޖެ"އަށް ވެސް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބޮޑެތި ތުހުމަތުތައް ކުރެއްވި އެވެ.

އެ ޝިއާރަށް ހަޖޫޖައްސަވައި ޝިޔާމް ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އާމްދަނީ ހޯދަން މަސައްކަތްކުރަން ޖެހޭ ވަގުތު އިތުރުވެފައިވާ ކަމަށާއި އާއިލާތަކާ އެކު ހޭދަކުރާނެ ވަގުތު ނުލިބެންޏާ އުފާވެރިކަމެއް ނުލިބޭނެ ކަމަށެވެ. ރާއްޖޭގައި އަމާންކަމެއް ނެތް ކަމަށާއި ގޮތް ނޭނގޭ ގޮތް ގޮތަށް މަރުވި މީހުންގެ އަދަދު ވެސް ގިނަ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.