Advertisement

އެކައުންޓަންޓުންގެ ގޮތުގައި 210 މީހުން ތަމްރީނު ކުރަން ސްކޮލާޝިޕް ހަވާލުކޮށްފި

12 ޖުލައި 2023 - 21:19 0


އެކައުންޓަންޓުންގެ ގޮތުގައި 210 މީހުން ތަމްރީނު ކުރަން ސްކޮލާޝިޕް ހަވާލުކޮށްފި

12 ޖުލައި 2023 - 21:19 0

ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލާޝިޕަށް ކުރިމަތިލި މީހުންގެ ތެރެއިން ހޮވުނު މީހުންނާއި ސްކޮލާޝިޕް ހަވާލުކޮށްފި އެވެ.

މި ރަސްމިއްޔާތު މިއަދު ހަވީރު 15.00 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމް ގައި ވަނީ ބާއްވާފަ އެވެ.

މިއަހަރު ވެސް ސަރުކާރުގެ ހަރަދުގައި 200 ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނު ކުރުމަށް ހުޅުވާލި ސްކޮލާޝިޕަށް 322 ފަރާތަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 210 މީހަކަށް ވަނީ ސްކޮލާޝިޕް ހަވާލުކޮށްފަ އެވެ

މި ސްކޮލާޝިޕް ގެ ދަށުން އޭސީސީއޭ އިން ކިޔަވަން ހަމަޖެހިފައިވަނީ ސްކިލްސް އަދި ޕްރޮފެޝަނަލް ލެވެލް އަށެވެ. އަދި ސީމާ އިން ކިޔަވަން ހަމަޖެހިފައިވަނީ މެނޭޖްމަންޓް އަދި ސްޓްރެޓީޖިކް ލެވެލް އަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމްގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ އެކައުންޓަންޓުންގެ ގޮތުގައި ދިވެހީން ވީހާވެސް އަވަހަށް ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުން ކަމަށް ސަރުކާރުން ބުނެ އެވެ.