Advertisement

"މަޝްރޫއުތަކުގެ ފަހަތުގައި އޮތީ ހަލަބޮލިކަމާއި ސިޔާސީ ވާދަވެރިކަމުން ދުރުވެ ރައްޔިތުން އިސްކުރުން"

9 ޖުލައި 2023 - 18:50 0

ށ. ނޫމަރާ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫމަރާއަށް ވަޑައިގެން؛ ރައީސް ވިދާޅުވީ މަޝްރޫއުތައް ހިންގަނީ ރައްޔިތުން އިސްކޮށްގެން ކަމަށް-- ފޮޓޯ: އެމްޑިޕި


"މަޝްރޫއުތަކުގެ ފަހަތުގައި އޮތީ ހަލަބޮލިކަމާއި ސިޔާސީ ވާދަވެރިކަމުން ދުރުވެ ރައްޔިތުން އިސްކުރުން"

9 ޖުލައި 2023 - 18:50 0

ށ. ނޫމަރާ

ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކުގެ ކާމިޔާބީގެ ފަހަތުގައި އޮތީ ހަލަބޮލިކަމާއި ސިޔާސީ ހަމަނުޖެހުމުން އެއްކިބާވެ، ރައްޔިތުން އިސްކޮށްގެން ކަންކަން ކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިންގައި ށ. ނޫމަރާގައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ގާނޫނީ ހަމަތަކަށް ރުޖޫއަވެ، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުން ކަމަށެވެ.

"ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ މިނިވަންކަމާއެކީގައި ޝަރީއަތްތައްކޮށް ހުކުމް ކުރުމުގެ ބާރާއި އިހުތިޔާރު ކޯޓުތަކަށް ދިނުން, ހަލަބޮލިކަމާއި ސިޔާސީ ހަމަނުޖެހުމުން ނިކުމެ ތިބެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެވުން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުތަކަށް ކުރިމަތިވި ދަތިތަކާއި އަދުލް އިންސާފު ގާއިމުކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވިކަން ފާހަގަ ކުރެއްވުމުގެ ގޮތުން ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރަށްރަށުން މިއަދު ފެންނަން ފަށާފައިވަނީ ތަރައްގީގެ ކުލައަކީ، ސިޔާސީ ވާދަވެރިކަމާއި ހަލަބޮލިކަމުން ދުރަށް ދިއުމުގެ ނަތީޖާ ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މަސައްކަތް ކުރަނީ "ރައްޔިތުންނަށް ހެޔޮ އެދޭ' ދެ ޕާޓީއާއެކުގައި ކަމަށެވެ.

"އެ ބޭފުޅުންގެ ވިސްނުމަކީ ހަމަ އަޅުގަނޑުމެންގެ ވިސްނުން؛ ގައުމު ކުރިއެރުވުން، ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން، މި ކެމްޕެއިނުގައި ވާ ވައުދުތައް މި ބޭފުޅުންނާއެކީ ފުއްދަދީ ނިންމަދޭނަން،" އެމްޑީއޭއާއި އަދާލަތުގެ ނަން ގެންނަވައި ރައީސް ވިދާޅުވި އެވެ.

އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީން ކަން ރައީސް ވަނީ ދެއްވަވައިފަ އެވެ.