Advertisement

މަސްތުވާތަކެތީގެ މައްސަލަތަކުގައި ނަގާ ޔޫރިން ސާމްޕަލް ޓެސްޓުކޮށްދޭނެ ބަޔަކު ހޯދަނީ

8 ޖުލައި 2023 - 13:00 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ


މަސްތުވާތަކެތީގެ މައްސަލަތަކުގައި ނަގާ ޔޫރިން ސާމްޕަލް ޓެސްޓުކޮށްދޭނެ ބަޔަކު ހޯދަނީ

8 ޖުލައި 2023 - 13:00 0

މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ފުލުހުން ހައްޔަރުކުރާ މީހުންގެ ކުޑަކަމުދާތަކެތި ދެވަނަ މަރުހަލާގައި ޓެސްޓުކޮށްދޭނެ ބަޔަކު ހޯދަންް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން އިއުލާނުކޮށްފި އެވެ.

އެންޑީއޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން ނަގާ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުގެ ދެވަނަ މަރުހަލާގައި ޓެސްކޮށްދިނުމުގެ ހިދުމަތްް އެއް އަހަރު ދުވަހަށް ދޭނެ ފަރާތެއް ހޯދާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިކަމަށް އެދި އީމެއިލް މެދުވެރިކޮށް ވެސް ބިޑު ހުށަހެޅޭނެ އެވެ.

އަދި ރެޖިސްޓަރ ކޮށްފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ނުދާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.