Advertisement

އެލިއާގެ ޔަމަހާ އެމްސީ ފްރައިޑޭ: ސައިކަލު ސާވިސް ކުރުން ހިލޭ

7 ޖުލައި 2023 - 19:31 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އެލިއާގެ ޔަމަހާ އެމްސީ ފްރައިޑޭ: ސައިކަލު ސާވިސް ކުރުން ހިލޭ

7 ޖުލައި 2023 - 19:31 0

ޔަމަހާ ބްރޭންޑުގެ ސައިކަލުތައް ހިިލޭ ސާވިސް ކޮށްލެވޭ ޕްރޮމޯޝަނެއް އެލިއާއިން މިއަދު ފަށައިފި އެެވެ.

މިއަދު ހަވީރު "ޔަމަހާ އެމްސީ ފްރައިޑޭ ޖުލައި އެޑިޝަން" ގެ ނަމުގައި ހުޅުމާލެ ރުށް ގަނޑު ސަރަހައްދުގައި ފެށި އެ ޕްރޮމޯޝަންގެ ދަށުން އެލިއާއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

މި ޕްރޮމޯޝަންގެ ތެރެއިން ޔަމަހާ ބްރޭންޑުގެ ކޮންމެ ސައިކަލެއް ވެސް ހިލޭ ޑައިގްނޯސް ކޮށްލެވޭނެ އެވެ.

އެލިއާގެ ޔަމަހާ އެމްސީ ފްރައިޑޭ އިވެންޓް -- ފޮޓޯ: އެލިއާ


އޭގެ އިތުރުން އިންސްޓޯލްމަންޓްކޮށް އަދި ފުލް ޕޭމަންޓް ދައްކައިގެން ސައިކަލު ގަންނަ ކޮންމެ ކަސްޓަމަރަކަށް ވެސް ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށް އެލިއާއިން މައުލޫމާތުދެ އެވެ.

އެލިއާ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 16:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށެވެ.