Advertisement

އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި

7 ޖުލައި 2023 - 19:33 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އެލިއާގެ ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި

7 ޖުލައި 2023 - 19:33 0

އެލިއާ އިންވެސްޓްމަންޓްސް އާއި މޯލްޑިވްސް އިންސްޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ލޯންޗުތަކުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ތިން ދުވަހުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި އެވެ.

ޖުމްލަ 50 ބައިވެރިންނާއި އެކު ބޭއްވި އެ ޓްރެއިނިންގައި ތަފާތު ރިސޯޓުތަކާއި ކަނޑު އުޅަނދުގެ ދަތުރުފަތުރުގެ ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ވަނީ ބައިވެރިވެފަ އެވެ. މި ފަހަރުގެ ޓްރެއިނިން ޕްރޮގްރާމުގައި ޔަމަހާ ޖަޕާނުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.

ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ވަނީ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

އެލިއާއިން ޓްރެއިނިން ނިންމި ބައިވެރިންނާއި ސެޓްޕިކެޓް ހަވާލުކުރަނީ -- ފޮޓޯ: އެލިއާ


ސްޕީޑް ބޯޓަށް ހާއްސަ މެނިއުވާ ކުރުމުގެ އުކުޅުތަކާއި، ނެވިގޭޝަން އަދި ޗާޓް ރީޑިން އަދި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރަށް ފަސްޓް އެއިޑް، ފަޔާ ސޭފްޓީ އަދި އައުޓްބޯޑު އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއް އެ ޕްރޮގްރާމްގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެ ބޯޓް އޮޕަރޭޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމަށް ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަަން އެލިއާއިން ފާހަގަކުރެ އެވެ. އެ ޓްރެއިނިންގެ ބައިވެރިން ފާހާގަކުރާ ގޮތުގައި މި ޕްރޮގްރާމުގެ ސަބަބުން ވަޒީފާގެ ދާއިރާގައި ކުރިއެރުމާއި އިތުބާރަށް އިތުރު ބޮޅެއް ވަނީ އެމުނިގެންގޮސްފަ އެވެ.

އެލިއާ އިން ވަނީ މި ޓްރެއިނިން ކާމިޔާބުކަމާއިއެކު ނިންމާލުމުގައި ހިއްސާވި ބައިވެރިންނަށާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އަށް ޝުކުރު އަދާކޮށްފަ އެވެ.