Advertisement

އަޅުކަން ނިންމުމަށްފަހު ދިވެހި ހައްޖުވެރިން ރާއްޖެ އަންނަ ފަށައިފި

7 ޖުލައި 2023 - 11:18 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިއަދު ރާއްޖެ އެއި ދިވެހި ހައްޖުވެރިއަކަށް އެއާޕޯޓުގައި މަރުހަބާ ކިޔަނީ: ރާއްޖެއިން 1000 މީހުން ހައްޖަށް ދިޔައިރު އޭގެ ތެރެއިން ހަތަރު މީހުން ނިޔާވި -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


އަޅުކަން ނިންމުމަށްފަހު ދިވެހި ހައްޖުވެރިން ރާއްޖެ އަންނަ ފަށައިފި

7 ޖުލައި 2023 - 11:18 0

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު މިއަހަރު ދިވެހިރާއްޖެއިން ހައްޖަށް ދިޔަ މީހުން މިއަދު އެނބުރި ގައުމަށް އަންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ހެނދުނު 8:00 ހާއިރު ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ފުރަތަމަ ގްރޫޕާއި ދެ ވަނަ ގްރޫޕު މާލެ އައިސްފައިވާ ކަމަށެވެ.

މިއަދު ހެނދުނު އައީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑާއި ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ދިޔަ މީހުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދިވެހިރާއްޖޭގެ ގްރޫޕުތަކުން ފުރީ ޖޫން 12، ގަ އެވެ. ރާއްޖެއިން މިއަހަރު 1،000 މީހުން ހައްޖަށް ދިޔަ އެވެ. މުޅި ދުނިޔެއިން ޖުމްލަ 1.8 މިލިއަން މީހުން ހައްޖަށް ދިޔަ އެވެ.

މިފަހަރު ހައްޖުގެ އަދާކުރަން ދިޔަ ދިވެހިންގެ ތެރެއިން ހަތަރު ހައްޖުވެރިއަކު ނިޔާވި އެވެ. އެއީ ރ. މާކުރަތަ، މަލަ، މުހައްމަދު ނަސީމް އަލީ، 72، އާއި ދ. މާއެނބޫދޫ، ފިޔާތޮށިގޭ، އަލީ ހަސަން، 72، އާއި ނ. ހޮޅުދޫ، ގާސިމް އިބްރާހިމް، 70، އާއި ހއ. ކެލާ، ސީސާންގޭ، އަލީ ގާސިމް، 81، އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރެއިން 300 އެއްހާ މީހުުން ވަނީ މަރުވެފަ އެވެ. ގިނައިން މަރުވީ އުމުރުން ދުވަސްވީ މީހުންނެވެ. ހައްޖަށް ދިޔަ މީހުންނަށް ބޮޑަށް އަސަރު ކުރީ އާދަޔާ ހިލާފަށް ހޫނުގަދަވުމުން ކަމަށް ސައުދީ އޮފިޝަލުން ބުނެ އެވެ.