Advertisement

ރ. އަތޮޅުން މާލެއަށް ދަތުރުކުރި ލޯންޗެއްގައި ބެޓެރިއެއް ގޮވައި ހަމީހަކު ޒަހަމްވެއްޖެ

5 ޖުލައި 2023 - 17:00 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކްރިސްޓަލް ސްޕީޑްގެ ލޯންޗެއް، ފޮޓޯ: ކްރިސްޓަލް ސްޕީޑް


ރ. އަތޮޅުން މާލެއަށް ދަތުރުކުރި ލޯންޗެއްގައި ބެޓެރިއެއް ގޮވައި ހަމީހަކު ޒަހަމްވެއްޖެ

5 ޖުލައި 2023 - 17:00 0

ރ. އުނގޫފާރުން ފުރައިގެން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ބެޓެރީއެއް ގޮވައި ހަ މީހަކު ޒަހަމްވެއްޖެ އެވެ.

އެމްއެެންޑީއެފުން ބުނީ 'ކްރިސްޓަލް ސްޕީޑް' ނަމަކަށް ކިޔާ އެ ލޯންޗްގައި ބެޓެރިއެއް ގޮވުމުވުގެ ސަބަބުން ހަ މީހަކަށް އަނިޔާވި ކަމަށެވެ. އެހެން ނަމަވެސް އެމީހުންގެ ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

"އަދަދު" އަށް ލިބިފައިވާ ވީޑިއޯ އަކުންފެންނަ ގޮތުގައި ބެޓެރި ގޮވުމުގެ ސަބަބުން ބައެއް މީހުންގެ ފައިތިލައާއި ކަށިމަތި ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ.

އެ ލޯންޗްގައި ތިބި މީހުންނަށް އެހީވާ ކޯސްޓްގާޑްގެ ސިފައިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާ ހިނގި އިރު ލޯންޗް އޮތީ އެރިޔަދޫ ރިސޯޓްގެ ކައިރީގަ އެވެ. އަނިޔާވި ހަމީހުން މިހާރު ވަނީ އެރިސޯޓަށް ގެންގޮސް ފަރުވާދޭން ފަށައިފަ އެވެ.