Advertisement

މިލާނުގެ ޓޮނާލީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ނިއުކާސަލް އަށް

3 ޖުލައި 2023 - 16:47 0


މިލާނުގެ ޓޮނާލީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ނިއުކާސަލް އަށް

3 ޖުލައި 2023 - 16:47 0

ނިއުކާސަލް (ޖުލައި 3) - އޭސީ މިލާނަށް ކުޅެމުން އަންނަ އިޓަލީ ގައުމީ ޓީމުގެ މިޑްފީލްޑަރު، ސަންޑްރޯ ޓޮނާލީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވެއްޖެ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ނިއުކާސަލުން ޓޮނާލީ ގަންނަން ޖުމްލަ އެކު، 70 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.

ދާދި ފަހުން އިޓަލީން 21 އަހަރުން ދަށުގެ ޔޫރޯގައި ވާދަކުރިއިރު، އިޓަލީ ސްކޮޑުގައި ހިމެނުނު ޓޮނާލީ، 23، އަކީ ނިއުކާސަލް އިން ގިނަ އަހަރުތަަކަކަށް ފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިވެ، އެ މުބާރާތުގައި ވާދަކުރަން ޓީމު ވަރުގަދަކުރުުމުގެ ގޮތުން ސޮއިކުރި ފުރަަަތަމަ ކުޅުންތެރިޔާ އެވެ.

މިލާނާ އެކު، 2021-2022 ވަނަ އަހަރުގެ އިޓާލިއަން ލީގު ކާމިޔާބުކުރި މިޑްފީލްޑަރު، ޓޮނާލީ ވަނީ މިދިޔަ ސީޒަނުގައި މިލާނުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޓޮނާލީ ބުނީ ނިއުކާސަލް އިން އޭނާ އަށް އިތުބާރުކޮށް، ދިން ފުރުސަތުގެ ބޭނުން ވީ އެންމެ ރަނގަޅަށް ހިފަން ބޭނުންވާ ކަމަށެވެ. ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ އެ ކްލަބް ދާން ބޭނުންވާ މިސްރާބަށް ބަލާއިރު، ޓޮނާލީ ލެވަލްގެ ކުޅުންތެރިއަކު ޓީމާ ގުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

އިޓަލީގެ ދެ ވަނަ ޑިވިޝަނުގަައި ބްރެޝިއާ އަށް އުމުރުން 17 އަހަރުގައި ކުޅެން ފެށި ޓޮނާލީ ވަނީ އެ ޓީމު 2018-2019 ވަނަ އަހަރުގެ ސީޒަނުގައި އިޓާލީގެ އެއް ވަނަ ޑިވިޝަނުގައި ކުުޅުނުއިރު، އެ ޓީމަށް ކުޅެފަ އެވެ. ޖެހިގެން އައި ސީޒަނުގައި ބްރެޝިއާ ރެލިގޭޓްވުމުން، ޓޮނާލީ 2020 ވަނަ އަހަރު ލޯނަކަށް މިލާނާ ގުޅުނީ އެވެ. އަދި މިލާނުން ވަނީ 2021 ވަނަ އަހަރު ޓޮނާލީގެ އެއްބަސްވުން ދާއިމީ ކޮށްފަ އެވެ.

އެންމެ ފުރަތަމަ މިލާން ދޫކޮށްލަން އެއްބަސްނުވި ނަމަވެސް އެ ކްލަބްގެ މެނޭޖްމަންޓާ މަޝްވަރާކޮށް ޓޮނާލީ ވަނީ ނިއުކާސަލަށް ބަދަލުވާން ނިންމައިފަ އެވެ.