Advertisement

ދުވާލަކު ބެލޭނެ ޓްވީޓްތަކުގެ އަދަދު ވަގުތީ ގޮތުން ލިމިޓުކުރަން ނިންމައިފި

2 ޖުލައި 2023 - 11:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެގޮތަށް ނިންމީ ކުންފުނިތަކުން އެ ސައިޓުގެ ޑޭޓާ ނެގުން ހުއްޓުވުމަށް ކަމަށް ޓްވިޓާއިން ބުނޭ.


ދުވާލަކު ބެލޭނެ ޓްވީޓްތަކުގެ އަދަދު ވަގުތީ ގޮތުން ލިމިޓުކުރަން ނިންމައިފި

2 ޖުލައި 2023 - 11:40 0

ނިއު ޔޯކް، އެމެރިކާ (ޖުލައި 2) - ޓްވިޓާ ބޭނުންކުރާ މީހުންނަށް 24 ގަޑިއިރުގެ ތެރޭގައި ބެލޭނެ ޓްވީޓްތަކުގެ އަދަދު ވަގުތީ ގޮތުން ލިމިޓުކުރަން ނިންމައިފި އެވެ.

ޓްވިޓާގެ ވެރިޔާ އަދި ބިލިއަނަރު އެލޮން މަސްކް ބުނީ އެއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނިތަކުން އެ ސައިޓުގެ ޑޭޓާ ނެގުން ހުއްޓުވުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.

ވެރިފައިޑް އެކައުންޓުތަކުން 24 ގަޑިއިރުގެ ތެރޭގައި ބެލޭނީ 10،000 ޓްވީޓެވެ. އަދި ވެރިފައި ނުކުރާ އެކައުންޓްތަކަށް ފެންނާނީ 1000 ޓްވީޓެވެ.

ޓްވިޓާ ބޭނުންކުރާ މީހުންގެ މެޖޯރިޓީއަކީ ވެރިފައި ނުކުރާ މީހުންނެވެ. މިހާރު ޓްވިޓާގައި ވެރިފިކޭޝަން ލިބެނީ ފައިސާ ދައްކަައިގެންނެވެ.

މުޅިން އަލަށް ޓްވިޓާއާ ގުޅޭ ވެރިފައި ނުކުރާ އެކައުންޓުތަަކަށް ފެންނާނީ 500 ޓްވީޓެވެ.

މަސްކް ކުރި ޓްވީޓެއްގައި ބުނީ އެއީ އެހެން ޕްލެޓްފޯމްތަކުން ޓްވިޓާގެ ޑޭޓާ ނަގައި، ސިސްޓަމް މެނިޕިޔުލޭޓް ކުރުން ހިންގާތީ އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.

އެ ނިންމުން ތަންފީޒު ކުރާނީ ކިހާ ދުވަހަކަށް ކަމެއް މަސްކް ނުބުނެ އެވެ.

އިންސާނުންނާ އެއްގޮތަށް ޖަވާބުތައް ދެވޭނެ އޭއައި އުފެއްދުމަށް، އިންސާނުންގެ މެދުގައި ދެކެވޭ ވާހަކަތައް ޕްރޮގްރާމަށް އަޅަން ޖެހެ އެވެ. އެގޮތުން ސޯޝަލް މީޑިއާ ސައިޓްތަކުގެ ޑޭޓާ ނެގުމަކީ އެ ކުންފުނިތަކުން ކުރަމުން އަންނަ ކަމެކެވެ.

ޓްވިޓާގެ އިތުރުން އެހެން ޕްލެޓްފޯމްތަކަށް ވެސް މި މައްސަލަ ވަނީ ދިމާވެފަ އެވެ. އެގޮތުން ޖޫން މަހު ރެޑިޓުން ނިންމީ އެ ސައިޓުގެ ޑޭޓާ ނަގަމުންދާ ޑެވެލޮޕަރުންގެ އަތުން ނަގާ އަގު ބޮޑުކުރުމަށެވެ.