Advertisement

ޓީ20 ކްރިކެޓް ޕްރިމިއާ ލީގު އަންނަ ހުކުރު ދުވަހު ފަށަނީ

2 ޖުލައި 2023 - 11:24 0


ޓީ20 ކްރިކެޓް ޕްރިމިއާ ލީގު އަންނަ ހުކުރު ދުވަހު ފަށަނީ

2 ޖުލައި 2023 - 11:24 0

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ މި އަހަރުގެ އެންމެ މުހިންމު އެއް މުބާރާތް ކަމަށްވާ ޓީ20 ކްރިކެޓް ޕްރިމިއާ ލީގު އަންނަ ހުކުރު ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ޓީ20 ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމާއިއެކު މިއަހަރުގެ ޕްރިމިއާ ލީގު ކުރިއަށްދާނީ ޖުލައި 7-28 އަށެވެ.

މިއަހަރުގެ ލީގުން ފުރުސަތު ލިބުނު ގަދަ ހަ ކުލަބަކީ މިލާން ކްރިކެޓް އެކަޑެމީ، ސީބީއެލް ސްޕޯޓްސް، މާލޭ ސްޕޯޓްސް ކުލަބު، މާލޭ ވެޓްރަންސް، ވިޔަންސާ އަދި އޮއްފު އެފްސީ އެވެ. މި ޓީމްތަކުގެ ތެރެއިން ސީބީއެލް މިއަހަރު ލީގުގައި ނުކުޅެ އެވެ. އެހެންކަމުން ފަސް ޓީމާއިއެކު ލީގު ކުޅެ ކުރި ހޯދާ ހަތަރު ޓީމް ޕްރެޒިޑެންޓްސް ކަޕަށް ކޮލިފައިވާނެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ކުޅުން އޮންނާނީ މި މަހު 29 އިން އަންނަ މަހުގެ 11 އަށެވެ.

ކޮންމެ ހަފްތާ ބަންދެއްގައި މެޗުތައް ކުޅެން ހަމަޖެހިފައިވާއިރު ޗެމްޕިއަންކަން ލިބޭނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.

ޖުމްލަ އެކު، 10 ޓީމް ވާދަކުރި މިދިޔަ އަހަރުގެ ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ މިލާން ކްރިކެޓް އެކަޑެމީ އިންނެވެ. ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ސީބީއެލް އިންނެވެ.

ކްރިކެޓު ބޯޑުގެ އަމާޒަކީ މި އަހަރު ޕްރިމިއާ ލީގުން ފުރުސަތު ނުލިބުނު ޓީމްތަކާއި، އަލަށް ކްރިކެޓުގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ޓީމްތަކަށް ހުޅުވާލައިގެން މި އަހަރުގެ ފަހުކޮޅު ދެ ވަނަ ޑިވިޝަން ޓީ20 މުބާރާތެއް ކުރިއަށް ގެންދިޔުމެވެ. މި މުބާރާތުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވޭނެކަމަށް ކްރިކެޓް ބޯޑުން ގަބޫލުކުރެ އެވެ.