ހުލާސާކޮށް އިއްޔެ: ނަށާ ގްރޫޕެއްގެ ކޮސްޓިއުމަށް ފާޑުކިޔުން

2 ޖުލައި 2023 - 00:59 4

ގޮމަ ގްރޫޕް ހުށަހަޅައިދިން އެހެން ލަވައެއްގެ ތެރެއިން: ވަރަށް ގިނަ އަދަދެއްގެ އާންމުން ވެސް އެ ކޮސްޓިއުމަށް ފާޑުކިޔާފައިވޭ -- ފޮޓޯ: ފޭސްބުކް


ހުލާސާކޮށް އިއްޔެ: ނަށާ ގްރޫޕެއްގެ ކޮސްޓިއުމަށް ފާޑުކިޔުން

2 ޖުލައި 2023 - 00:59 4

ބޮޑު އީދު ފާހަގަ ކުރަން ގއ. ވިލިނގިލީގައި ނަށާ ގްރޫޕެއް ހުށަހަޅައިދިން ލަވައެއްގައި ބޭނުން ކުރި ކޮސްޓިއުމަށް ކަލްޗަރަލް މިނިސްޓަރު ޔުމްނާ މައުމޫން އަދި އާންމުންގެ ގިނަ ބަޔަކު ފާޑުކިޔުން އަމާޒުވި ވާހަކަ އިއްޔެ ރިޕޯޓުކުރި އެވެ.

ވިލިނގިލީގައި ނަށާ ގްރޫޕެއް ހުށަހަޅައިދިން ލަވައެއްގެ 39 ސިކުންތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރީ އެމްވީކްރައިސިސް ނަމަކަށް ކިޔާ ޕްލެޓްފޯމުންނެވެ. އޭގެން ފެންނަނީ، މުށި ކުލައިގެ ޓައިޓެއް ލުމަށްފަހު ބޭރުން ކުރު ސްކާޓެއް ލައިގެން ތިބޭ ތިން އަންހެނުން ނަށާ މަންޒަރެވެ. އޭގެ ތެރެއިން ދެ މީހުން ތިބީ ބުރުގާ އަޅައިގެނެވެ.

އެ ވީޑިއޯ ޓުވިޓާގައި ޝެއާ ކުރެއްވުމަށްފަހު މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ ވިދާޅުވީ "ހެދުން އެޅުމުގައި ކޮންމެވެސް ކަހަލަ މިންގަނޑުތަކެއް ހުންނަންޖެހޭ" ކަމަށެވެ.

"އީދަކީ ރަށުގެ ކުދިބޮޑު އެންމެން އެއްވެ އުފާ ފާޅުކޮށް ސަގާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުގެ ތެރެއިން އިޖުތިމާއީ ރޫހު އާލާ ކުރާ ދުވަސްވަރެއް. އީދު ކުޅިވަރުގައި ވެސް، އެހެނިހެން ކުޅިވަރުތަކުގައި ވެސް ހެދުން އެޅުމުގެ ކޮންމެވެސް ކަހަލަ މިންގަނޑުތަކެެއް ހުންނަންޖެހޭ،" ޔުމްނާ ވިދާޅުވި އެވެ.

ވިލިނގިލީގައި ޝޯ ދިނީ ރާއްޖެއަށް ވެސް މަޝްހޫރު ގޮމަ ގްރޫޕެވެ. ވީޑިއޯއިން ފެންނަނީ އެ ޝޯގައި ހުށަހަޅައިދިން އެއް ލަވައިގައި ބޭނުން ކުރި ކޮސްޓިއުމެކެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ޓުވިޓާއަށް އަޕްލޯޑްކޮށްފައި އިން އެ ވީޑިއޯ ލައްކައަށްވުރެ ގިނަ ފަހަރު މީހުންނަށް ފެނިފައިވާއިރު 100 އަށް ވުރެ ގިނަ ކޮމެންޓު އެ ލިބިފައިވެ އެވެ. ނަށާ ގްރޫޕުގެ ކޮސްޓިއުމަށް އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކު ފާޑުކިޔެވެ.

"މިއީ ވަރަށް ދެރަ ކަމެއް. މިފަދަ ކަންކަމުން ދުރުވާނީ ކޮން ދުވަހަކުންބާ؟،" އެކަކު ސުވާލުކުރި އެވެ.

އެއްބަޔަކު އެކަން ސިފަކުރީ "މުޑުދާރު" އަމަލެއްގެ ގޮތުގަ އެވެ. އަދި ރަނގަޅު ގޮތުގައި އީދު ފާހަގަ ކުރާނެ ގޮތް ދަސްކޮށްދޭންޖެހޭ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

"ޒަމާނުއްސުރެ [އޮތް] އީދުގެ ސަގާފަތް ދިވެހިން ދަސްކުރަން އެބަޖެހޭ. އީދު ކުޅިވަރުތަކާއި ހަރަކާތްތައް ރަށްރަށުގައި އާލަކޮށް ދިރުވަންޖެހޭ. މިއީ ކޮންފަދަ ހަޑި، މުޑުދާރު ކަންކަން. އީދަކީ މުޅި މުޖްތަމައުގެ ކުދި، ބޮޑު އެންމެން ނިކުމެ ފާހަގަ ކުރާ ދުވަހެއް،" ރާއްޖޭގައި މަގްބޫލު ޝަހުސިއްޔަތެއް ކަމަށްވާ ހީޓް ހެލްތު އެންޑް ފިޓްނަސް ސެންޓަރުގެ ސީއީއޯ ޝިފާނާ ވަޖީހު ވިދާޅުވި އެވެ.

މިއަހަރުގެ ބޮޑު އީދު ދުވަހަކީ މިދިޔަ ބުދަ ދުވެހެވެ. އީދު ފާހަގަ ކުރަން މި ހަފުތާ އެއްކޮށް އޮތީ ސަރުކާރު ބަންދުކޮށްފަ އެވެ. ވެރި ރަށް މާލެ އަދި މުޅި ރާއްޖޭގައި ވަރަށް ކުލަ ގަދަކޮށް އީދު ފާހަގަ ކުރި އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ދުވަހުގެ ފޮޓޯ

ސަރަހައްދީ ފުޓުބޯޅަ މުބާރާތުގައި ރޭ ލެބަނަން އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން. މެޖުގެ ވަގުތުގައި ގޯލެއް ނުޖެހުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ލެބަނަން 4-2 އިން ބަލިކޮށް އިންޑިއާ އިން ފައިނަލުން ޖާގަ ހޯދާފައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


އަލީ

over 1 year ago

ތިމީހުން ފިރިންނަށް ދައްކަން އޮތީ ކޮން އެއްޗެއްތޯ އެމީހުން ކުރެން އަހާލަދީބަލަ.

އީދު

over 1 year ago

މި ލާއިންސާނީ ސަރުކާރު އައިފަހުން، މިފަދަ ގޮތްކުޑަ އެތައް އަމަލެއް މިގައުމުން ފެންމަތިވެއްޖެ ކޮންމެ ކަމެއް ވަރިހަމަ ކޮށްލުމުގެ ނަތީޖާ މި ފެންނަނީ، އެއީތޯ އެކިޔާ ޚުލްޤު ހެއޮ މަޑުމައިތިރި އެންމެނާ ގުޅުން ބަދަހި ކުރާ އަދި އިލްޔާސް އެބުނާ ރސއވ ގެ ދުއާދެއްވި މީހާގެ ފެންވަރަކީ.؟؟

އަލީ

over 1 year ago

އަޅެ އެނެށި މީހުން ބުނާނެދޯ އެހެންމީހުން ބުނާނެއޭ ތިންނާމެން ހާދަ ރީއްޗޭ..މިވާ ގޮތަކީ އިނގިރޭސި ވަނީ ތިޔަ މީހުންނަށ ނޭނގޭނެ އަމިއްލަ އަށް ހިނައި ޠާހިރު ވާންވެސް..އިސްލާމް ދީނުގެ ކުނޑި ފުކެއްވެސް ނުހުންނާނެ...އެމީހުންގެ ބެލެނިވެރިންގެ ޒިންމާވެސް އެބައޮތް..

ގމ

over 1 year ago

ތިޔަ ފާޑަށް އުޅޭ ކުދިން އިސްލާމިކް މިނިސްޓްރީއަށް ގެންގޮސް ނަސޭޙަތް ނުދެވެނީ ކީއްވެ؟