Advertisement

ހަތަރު ކޭހަށްވުރެ ގިނަ ބަނގުރަލާ އެކު އަތުލައިގަތް މީހަކު ކޯޓުން ދޫކޮށްލައިފި

29 ޖޫން 2023 - 13:40 1

އައްޑޫ ހިތަދުއަށް އެތެކުރަން އުޅެނިކޮށް ފުލުހުން އަތުލައިގަތް ބަނގުރާކޭސްތައް. އެތަކެއްޗާ އެކު ހައްޔަރުކުރި މީހާ ކޯޓުން ވަނީ ދޫކޮށްލާފައި. ފޮޓޯ: ފުލުހުންގެ އިދާރާ


ހަތަރު ކޭހަށްވުރެ ގިނަ ބަނގުރަލާ އެކު އަތުލައިގަތް މީހަކު ކޯޓުން ދޫކޮށްލައިފި

29 ޖޫން 2023 - 13:40 1

އައްޑޫ ހިތަދުއަށް ބަނގުރާ އެތެރެކުރަން އުޅު މީހަކު، ހަތަރު ކޭހަށް ވުރެ ގިނަ ބަނގުރަލާ އެކު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގެ މުއްދަތު ޖަހައިނުދީ ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ބަނގުރާ ފުޅިތަކާ އެކު އެމީހާ ހައްޔަރުކުރީ ހިތަދުއަށް ބަނގުރާ އެތެރެކުރަން އުޅޭކަމުގެ ޖާސޫސީ މައުލޫމާތެއް ލިބިގެން ހިތަދޫ ޕޮލިސްސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެމީހާ ހައްުޔަރުކޮށް ބަލައި ފާސްކުރި އިރު، އޭނާ ގެންގުޅުނު ތަކެތީގެ ތެރެއިން 50 ފުޅި ބަނގުރާ (12 ފުޅީގެ ހަތަރު ކޭހާއި ވަކިން އޮތް ދެފުޅި) ފެނުނު ކަމަށް ވެސް ބުންޏެވެ.

"...މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައެވެ،" ފުލުހުން އާއްމުކުރި މައުލޫމާތުގައި ބުންޏެވެ.

އޭނާ ދޫކޮށްލަން ކޯޓުން ނިންމި ސަބަބާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

އީދު ބަންދުގައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ފުލުހުން ދުރާލައި ފެށި އޮޕަރޭޝަންތަކުގެ ތެރެއިން މިމަހުގެ 25 ވަނަ ދުވަހު ހިތަދޫގައި ހިންގި އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބަޔަކު ބޭނުންކުރި ކަމަށް ބެލެވޭ އާލާތްތަކެއް ވެސް ހޯދި އެވެ. އެހެން ނަމަވެސް އެ ތަކެއްޗާ ގުޅުން ހުރި މީހަކު އެފަހަރު ހައްޔަރެއް ނުކުރެވެ އެވެ.