Advertisement

ބަލިވިޔަސް މި ފަހަރު ގައުމީ ކޯޗު މޮރިއޭރޯ "ހެޕީ"

28 ޖޫން 2023 - 12:52 1

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އ

Advertisement


ބަލިވިޔަސް މި ފަހަރު ގައުމީ ކޯޗު މޮރިއޭރޯ "ހެޕީ"

28 ޖޫން 2023 - 12:52 1

ބެންގަލޫރު، އިންޑިއާ

Advertisement

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި މިއަދު ލެބަނަން އަތުން 1-0 އިން ރާއްޖެ ބަލިވިޔަސް ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު "ހެޕީ" ކަމަށް ބުނެ، ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހިތްހަމަޖެހުންފާޅުކޮށްފި އެވެ.

ލެބަނަން އަތުން މިއަދު ބަލިވެ، ރާއްޖެ އަށް ސެމީ ފައިނަލުގެ ފުރުސަތެއް އޮތީ މިރޭ ބޫޓާނުން ދެ ގޯލު ނޫނީ ތިން ގޯލުގެ ފަރަގުން ބަންގްލަދޭޝް ބަލިކޮށްގެންނެވެ. އެ ނޫން ނަތީޖާއެއް ނުކުމެއްޖެނަަމަ ސާފް ޗެމްޕިއަންޝިޕެއްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ފުރަތަމަ ފަހަރަށް ކަޓާނެ އެވެ.

Advertisement

ރާއްޖޭގެ ބާރު ކަނޑުވާލައި ލެބަނަން ސެމީ އަށް

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ އަތުން 1-0 އިން މޮޅުވެ، ލެބަނަން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައި. ރާއްޖެ އަށް ސެމީ ފައިނަލުގެ ޖާގައެއް ދެން އޮތީ މިރޭ ބޫޓާނުން ދެ ގޯލު ނޫނީ ތިން ގޯލުގެ ފަރަގުން ބަންގްލަދޭޝް ބަލިކޮށްގެން

ރާއްޖޭގެ ބާރު ކަނޑުވާލައި ލެބަނަން ސެމީ އަށް

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެ އަތުން 1-0 އިން މޮޅުވެ، ލެބަނަން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައި. ރާއްޖެ އަށް ސެމީ ފައިނަލުގެ ޖާގައެއް ދެން އޮތީ މިރޭ ބޫޓާނުން ދެ ގޯލު ނޫނީ ތިން ގޯލުގެ ފަރަގުން ބަންގްލަދޭޝް ބަލިކޮށްގެން

އެންމެ ފަހުން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި މެޗަށް ފަހު މޮރިއޭރޯ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފަ އެވެ.

Advertisement

އެކަމަކު، މިއަދު ލެބަނަން އަތުން ބަލިވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ ބޫޓާން އަތުން މޮޅުވި މެޗާއި ބަންގްލަދޭޝް އަތުން ބަލިވި މެޗުގައި ފެނުނީ އޭނާ އަށް ގަބޫލުކުރެވޭ ވަރަށް ވުރެ "ދަށް ކުޅުމެއް" ކަމަށާއި މިއަދު ލެބަނަން ކަހަލަ ވަރުގަދަ ޓީމެއް ކައިރީގައި ރާއްޖެ ކުޅުނީ މޮޅު، ރަނގަޅު ކުޅުމެއް ކަމަށްވާތީ، "ހެޕީ" ކަމަށެވެ.

"ފުރަތަމަ މެޗުން ބޫޓާން އަތުން މޮޅުވިޔަސް، އަހަރެން ހިތްހަމަޖެހޭ ކުޅުމެއް ނޫން ދެއްކީ، ބަންގްލަދޭޝް އަތުން ބަލިއިރު ވެސް ދަށް ކުޅުމެއް ދެއްކީ، އެކަމަކު، މިއަދު ލެބަނަން ކައިރީގައި، އެ ވަރުގެ ވަރުގަދަ ޓީމެއް ކައިރީގައި އެ ކުޅުނީ އަހަރެން ބޭނުންވާ، އަހަރެންގެ މެންޓަލިޓީގެ ކުޅުމެއް، އަހަރެން އެހެންވެ، ހެޕީ،" މޮރިއޭރޯ ބުންޏެވެ.

މޮރިއޭރޯގެ މެންޓަލިޓީގައި ރާއްޖެ ޓީމަށް ނަތީޖާ ނުނެރެވޭތީ، އޭގެ ޒިންމާނަގައި، މިއީ ޓީމާ ދުރަށް ދާންވީ ވަގުތު ނޫންތޯ ނޫސްވެރިއަކު ސުވާލުކުރުމުން، އެ އަށް ސީދާ ޖަވާބެއް ނުދެ އެވެ. އެ ކަމާ ގުޅުވައިގެން މޮރިއޭރޯ ބުނެފައިވަނީ މިދިޔަ ސީޒަނަށް ފަހު، ރާއްޖޭގައި ހަތް މަހެއްހާ ދުވަހު ފުޓްބޯޅަ ނުކުޅެ އޮވެފައި، މިދިޔަ މާޗް މަހު ޕާކިސްތާނާ ދެކޮޅަށް މެޗު ކުޅުނުއިރު ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށެވެ.

މިއީ ގައުމީ ކޯޗަކަށް މަސައްކަތް ކުރަން ފަސޭހަ ގޮތެއް ނޫން ކަމަށް ދިފާއުގައި މޮރިއޭރޯ ވަނީ ބުނެފަ އެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިން ޖަޕާން ކޭމްޕްގައި މެޗެއް ކުޅުނު ނަމަ ކަންކަން މި އަށް ވުރެ ރަނގަޅުވާނެ ކަން ފާހަގަކޮށް، މޮރިއޭރޯ ބުނީ ޖަޕާން ކޭމްޕްގައި މެޗު ކެންސަލްވީ ވިއްސާރައިގެ ސަަބަބުން ކަމަށެވެ.

"އަހަންނަކީ ދިވެހިންގެ އިހުސާސްތައް ދަންނަ ދިވެހިންގެ ކޯޗެއް، ބަލިވާން އަހަރެން ވެސް ބޭނުމެއް ނޫން. އެކަމަކު، މީގެ ކަންކަން ވާ ގޮތް ބަލަން ޖެހޭ، އަހަރެން މިއަދު ހެޕީ، އެއީ އަހަރެން ބޭނުންވާ ވަރުގެ ކުޅުމެއް ފެނިއްޖެ، ކުރިން ދެ މެޗުގައި ނުފެންނަ ވަރުގެ، އެކަމަކު، މިހެން ބުންޏަސް ނަތީޖާ މުހިންމު، ހާލަތުގެ ގޮތުން ނަތީޖާ ނުނިކުތް ކަމަށް ވިޔަސް ކުުޅުމާ މެދު ހިތްހަމަޖެހޭ،" މޮރިއޭރޯ ބުންޏެވެ.

މިހާރު އޭޝިއާ ފުޓްބޯޅަ އަންނަނީ ވަރަށް ބޮޑަށް ކުރިއަރަމުން ކަމަށާއި ކޮންމެ ޓީމެއް ވެސް ކުރިއެރުން ހޯދަމުން އަންނާތީ ފަސޭހަ މެޗެއް ނޯންނާނެ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެވެ.

ގައުމީ ކޯޗުކަމުން މޮރިއޭރޯ ވަކިކުރާނެ ކަމަށް މީޑިއާގައި ވާހަކަ ދެކެވޭއިރު، އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ސީދާ ޖަވާބެއް ނުދެ އެވެ. މޮރިއޭރޯ ބުނީ ޓީމުގެ ކުރިއެރުން ފެންނަ ކަމަށާއި މަސައްކަތް ވެސް ޖުމްލަކޮށް ރަނގަޅު ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.