Advertisement

މާފަށް އެދުމަށް ފަހު ގައުމީ ކޯޗު މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފި

25 ޖޫން 2023 - 17:25 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


މާފަށް އެދުމަށް ފަހު ގައުމީ ކޯޗު މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފި

25 ޖޫން 2023 - 17:25 0

ބެންގަލޫރު، އިންޑިއާ

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން 3-1 އިން ރާއްޖެ ބަލިވި މެޗަށް ފަހު ގައުމީ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުމަށް އައިސް، ރާއްޖޭގެ އެންމެންގެ ކިބައިން މާފަށް އެދުމަށް ފަހު ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް ގޮސްފި އެވެ.

މޮރިއޭރޯ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްދިޔައިރު، ދިވެހި މީޑިއާ އިން ސުވާލުކުރުމަށް އެދެމުން ދިޔަ ނަމަވެސް އޭނާ ވަނީ އެއްވެސް ފުރުސަތެއް ނުދީ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށްފަ އެވެ.

"ވިހި މިނިޓް ޕާސް ޕާސް ދީފައި، ދެން ނުފެނުނު އެއްވެސް ކަމެއް. މިއީ ގައުމީ ޓީމެއްގެ ކުޅުމެއް ނޫން. އަހަރެން ވަރަށް ބޮޑަށް ދިވެހިންގެ ކިބައިން މާފަށް އެދެން،" ނޫސްވެެރިންގެ ބައްދަލުވުން ރަނގަޅަށް ފެށުމުގެ ކުރިން މޮރިއޭރޯ މިހެން ބުނުމަށް ފަހު ޕްރެސް ރޫމުން ނުކުމެގެން ދިޔަ އެވެ.

"މި ކަމެއް މި ގޮތަށް ނުކުރެވޭނެ"

ކޯޗު ނޫސްވެރިންގެ ދިއުމާ އެކު ގައުމީ ޓީމުގެ މެނޭޖަރު، އަބްދުﷲ ޝިބާއު (ޝިބާ) ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން ފެށި އެވެ. މޮރިއޭރޯ އެ ގޮތަށް ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރި މައްސަލަ ބަލާނެތޯ އެހުމުން، ޝިބާ ބުނީ އެކަން އޮންނަ އުސޫލުގެ ތެރެއިން ބަލާނެ ކަމަށެވެ.

ބަންގްލަދޭޝް އަތުން މިއަދު ރާއްޖެ ބަލިވުމާ އެކު، އަމިއްލަ ބާރުގައި މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ކިރިޔާ ވެސް ފުރުސަތެއް ރާއްޖެ އަށް އޮތީ އަންނަ ބުދަ ދުވަހުގެރޭ ލެބަނަން އަތުން މޮޅުވެގެންނެވެ. އެކަމަކު، އެ މެޗާ ބެހޭގޮތުން ވެސް މިއަދުގެ މެޗާ ބެހޭގޮތުން ވެސް އެއްވެސް ވާހަކައެއް ހިއްސާކުރުމެއް ނެތި، މޮރިއޭރޯ އެ ގޮތަށް އަމަލުކުރުމަކީ ގައުމީ ޓީމަށް ވެސް ކުރި ބޭއިހުތިރާމެކެވެ.

މިއަދުގެ މެޗަކީ 2003 ވަނަ އަހަރު ފައިނަލުގައި، ބަންގްލަދޭޝް އަތުން ބަލިވި ފަހުން، ސާފް ޗެމްޕިއަންޝިޕްގައި އެ ޓީމު އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެެވެ. މި ވޭތުވެދިޔަ 20 އަހަރު ތެރޭ ސީނިއާ ފުޓްބޯޅައިގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ދެ ފަހަރު ވެސް އެކަން ހާސިލްކުރީ ރާއްޖޭގެ ކޯޗަކަށް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހުއްޓަ އެވެ. މީގެ ކުރިން، ބަންގްލަދޭޝް އިން ވަނީ 2021 ވަަނަ އަހަރުގެ ނޮވެމްބަރު މަހު، ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ވެސް 2-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.